ގޮތްނޭނގޭ ފަތްތަކެއް ތ އޮޅުވެލިފުށި ފިނޮޅު ގޮނޑުދޮށުން ފެނިއްޖެއެވެ.
ތ އޮޅުވެލިފުށި ފިނޮޅުން ގޮތްނޭނގޭ ފަތްތަކެއް ފެނިގެން އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އަދި ހަމަ އެކަހަލަ ފަތްތަކެއް އެ އަތޮޅު ކަނޑޫދޫ ގޮނޑުދޮށުން ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

