މަހަށް ގޮސް ގެއްލިގެން ހޯދަމުންދިޔަ ދިވެއްސެއް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގއ ދެއްވަދޫ މީހެކެވެ. އެމީހާ ފެނިފައިވަނީ ދެއްވަދޫ އާ މޭލެއް ހާ ބޭރުން ކަނޑުމަތިންނެވެ.
ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.
ނިޔާވެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި ކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

