އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލްގައި 15 ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ހުޅުވާލައިފިއެވެ.
އީ.އޯ.އައި ހުށަހެޅުން ހުޅުވާލެވިފައި ވަނީ 19 ޖަނަވަރީ 2023 ގެ 14:00 އާ ހަމައަށެވެ. އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން އާބަން އައިލްގެ އިންވެސްޓަރ ޕޯޓަލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅޭނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އާބަން އައިލް އާއި ގުޅޭ ގޮތުންް މައުލޫމާރުދެއްވަމުން އެޗްޑީސީ އިން ބުނެފައިވަނީ، ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެއްކަމަށެވެ. މި ރަށުގައި ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެއެވެ.ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެކަމަށް އެޗްޑީސީ ބުނެފައިވެއެވެ.
އެޗްޑީސީ ބުނެފައިވަނީ މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭނެކަމަށެވެ. އެގިތުން މިއަދު މިވަނީ މި ކޮމްޕޯނަންޓްތަކުގެ ތެރެއިން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 15 ޕްލޮޓެއް ހުޅުވާލާފައިކަމަށް ކުންފުނިން ބުނެފައިވެއެވެ.
އެޗްޑީސީ އިން ސިފަކޮށްފައިވާ ގޮތުގައި އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށެވެ. ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި އެޗް.ޑީ.ސީން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަރ ގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ މީގެ ސަބަބުން ލިބިގެންދާނެކަމަށް އެޗްޑީސީ ބުނެފައިވެއެވެ. އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރއެއް، އެޗް.ޑީސީން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އެކުންފުނިން އިސްކަންދޭކަން ފާހަގަކޮށްފައިވެއެވެ
މީގެ އިތުރުން އެޗްޑީސީއިން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެޗްޑީސީ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އެޗްޑީސީއިން ބުނެއެވެ.
މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައްބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމަށާއި، އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީ ބުނެފައިވެއެވެ.

