ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ޔާމީންގެ ހަގީގަތާ ދުރު ސިޔާސަތުތައް ވެރިކަމަށް އަތުވެދާނެ: ރައީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ: ރައީސްގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ސަންގު - މުހައްމަދު އަހުޒަމް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ހަގީގަތާ ދުރު ސިޔާސަތުތައް ވެރިކަމަށް އެނބުރި އަތުވެދާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގޮތެއް ނިންމާއިރުގައި ވަރަށް ފުންކޮށް ވިސްނަންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ ޕާޓީއިން ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެންކަމަށާއި، އެގޮތުން އިހަވަންދޫއަށާއި، މާރަންދޫ އަދި މޮޅަދޫގެ އިތުރުން ބޮޑު ތިލަދުންމައްޗަށްވެސް ވައުދުތަކެއްވީަކަމށް ރައީސް ވިދާޅުވިއެވެ. މިޙާ ހިސާބަށް އައިރު މީގެ ތެރެއިން ގިނަ ވައުދުތައް ފެށީ ނިމި އަދި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭރު އެބޭފުޅުންގެ ވިސްނީ ފަހު އަހަރު އަންނައިރު ނުފަށާ އެއްވެސް މަސައްކަތެއް ނުބޭއްވޭ ވަރަށް ކުރިއަށް ގެންދިއުމަށްކަމަށެވެ. ނަމަވެސް ދިމާވި ކޮވިޑްގެ އާލަމީ ވަބާއިއެކުގައި ބައެއް ކަންކަން މަޑުޖައްސާލަން ޖެހުނުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބަޖެޓުގެ ތެރއއިން އޭރު އެންމެ ބޮޑު އިސްކަމެއް ދިނީ އެ ވަބާއިން ސަލާމަތްވުމަށްޓަކައި، އަދިޮ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް އަބުރާ ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރެއްވުމަށްކަމަށެވެ.

ރައީސް ވިދާޅުވީ އެ ވިސްނުމާއިއެކީގައި ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުން އެބަދާކަމަށެވެ.

އިރާދަކުރެއްވިއްޔާ އެ ވިސްނުމާ އެކީގައި އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން، ދުނިޔޭގެ އެހެން ގައުމުތަކަށް، އަދި ކައިރި ބައެއް ގައުމުތަކަށް ކުރިމަތިވި ފަދަ އިގްތިސޯދީ ދަތި އުނދަގޫތަކެއް ނެތި، ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށްޓަކައި ކުރި މަސައްކަތުން މިއަދު މިވަނީ ކޮވިޑާ ދެކޮޅަށް އަޅުގަނޑުމެން ކުރި މަސައްކަތް ދުނިޔެ ބަލައިގަންނަ ކަމަކަށް ވެފައި

ދުނިޔޭގެ އެހެން ގައުމުތަކަށް އަދި ކައިރި ބައެއް ގައުމުތަކަށް ކުރިމަތިވިފަދަ ދަތި އުނދަގޫތަކެއް ނެތި، ރައްޔިތުން އެކަމުން ސަލާމަތްކުރުމަށްޓަކައި ކުރި މަސައްކަތުން މިއަދު މިވަނީ ކޮވިޑާ ދެކޮޅަށް ކުރި މަސައްކަތް ދުނިޔެ ބަލައިގަންނަ ކަމަކަށް ވެފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހާއްސަކޮށް ޑަބްލިއުއެޗްއޯ އިން އެކަން ފާހަގަކުރައްވާ، އެކަން އެހެން ގައުމުތަކާ ހިއްސާ ކުރެއްވިކަމަށް ފާހަގަކުރެއްވިއެވެ.

މި 4 އަހަރުގެ ތެރޭގައި އުޅުނީ އަންމު ހާލަތުގައިކަމަށް ދެކެވަޑައިގެން ވާހަކަދައްކާވަކަމަށާއި، އެހެން ނަމަވެސް އެއްވެސް ސަރުކާރަކަށް 5 އަހަރުގެ ދައުރުގެ ތެރޭގައި ކުރެވިފައި ނުވާހާ ގިނަ މަސައްކަތް ލިބުނު 2 އަހަރުގެ ތެރޭގައި ރާއްޖޭގެ އކި ކަންކޮޅުތަކުގައި ކުރެވިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އިހަވަންދޫއަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާކަމަށާއި، 2022 ވަނަ އަހަރު ނިމުނު އިރު 129.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދާއިރާގައި ދެން އޮތް ދެ ރަށުގެ ތެރެއިން މާރަންދޫއަށް 34 މިލިއަން ރުފިޔާ ހަރަދުކޯށްފައިވާއިރު، މޮޅަދޫއަށް 49 މިލިއަން ރުފިޔާ ބަޖެޓު ހަރަދުކޮށްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ކަންކަން ފުއްދަވައިދީ ދިރިއުޅުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ސީދާ ރައްޔިތުންނަށް ކޮށްފައިވާ ހަރަދުތަކެއްކަމަށެެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްވެށްވެސް ބަހުގެ ހަމަލާކެއްވެސް ރައްދުކުރައްވާފައެވެ. ރައިސް ސާލިހު ވިދާޅުވީ މި މަހު 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ހަގީގަތާ ދުރު ސިޔާސަތުތައް ރާއްޖޭގެ ވެރިކަމަށް އެނބުރި އަތުވެދާނެކަމަށެވެ.

އިތުރަށް ރައީސް އިޝާރާތްކުރެއްވީ އިދިކޮޅު ލީޑަރު ޔާމީން ވަޑައިގެން އައިސްޕްލާންޓް ބަހައްޓާ ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އިހަވަންދޫއަކީ ވަރަށް ގިނަ އިގްތިސާދީ މަސައްކަތްތަކެއް ކުރައްވާ ރަށެއްކަމަށާއި، މަސްވެރި އާއިލާތަކެއް އެބައޮތްކަމަށެވެ. މަސްވެރިކަމުގެ ސިނާޔަތުވެސް ވަރަށް ފުޅާކޮށް އެބަ އޮތްކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: