ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ބްރޮޑްކޮމް އާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރުމަށް މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަން (ބްރޮޑްކޮމް) އިން ނިންމުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދިރާގުން އަނބުރާ ގެންގޮސްފިއެވެ.

ބްރޮޑްކޮމް އިން ވަނީ ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ރާއްޖޭގައި ރީބްރޮޑްކާސްޓް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެ ރީބްރޮޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދު އިސްލާޙުކޮށްފައެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރެއިންގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ބަޓެލްކޯއަށެވެ. އެހެންކަމުން ދިރާގު ޓީވީގެ ރީބްރޮޑްކާސްޓިން ލައިސަންސް އާ ކުރަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތްްވަނަ ދުވަހު އެކުންފުނިން ހުށަހެޅުމުން ބްރޮޑްކޮމްއިން ވަނީ އާ އިސްލާހުގެ ދަށުން ލައިސަންސް އާ ކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ދިރާގުން ކުރި ދައުވާގައި ވަނީ އެކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏަކަށް ނުވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ކޮށްނުދިނުމަށް ބްރޮޑްކޮމް އިން ނިންމާފައިވާ ނިންމުމަކީ ބްރޮޑްކާސްޓް ކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާ އާ ހިލާފު ބާތިލު ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން ބްރޮޑްކާސްޓް ކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭޣައި ރީބްރޮޑްކާސްޓް ކުރުމުގެ ލައިސަންސް އާ ކޮށްދިނުމަށް ބްރޮޑްކޮމްގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުވާގައި ވަނީ އެދިފައެވެ. ނަމަވެސް އެ މައްސަލަ އަނބުރާ ގެންދިއުމަށް ދިރާގުން އިއްޔެ ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. އެހެންކަމުން ދިރާގުން އެދުނު ގޮތަށް އެ މައްސަލަ ބާތިލް ކުރުމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.

ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ކުންފުންޏައި ހިއްސާދާރުންގެ ރައްކާތެރިކަމާއި މަންފާއަށާއި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި ދިރާގުޓީވީ ގެ ހިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުން ވަނީ ނިންމާފައެވެ.

އެގޮތުން ގަވާއިދުގައިވާ ގޮތުގެ މަތިން ހިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ އަންނަ އާދިއްތަ ދުވަހަކީ ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ވަނީ އިއުލާން ކޮށްފައެވެ.

އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާ ދިރާގާ އެކު ކުރެވުނު މަޝްވަރާތަކުން ދިރާގުގެ އައިޕީޓީވީ އާއި އޯޓީޓީ ވިއުގަ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: