ދިރާގުގެ ”ސަޅި 28 ޑޭސް“ އެޑް އޮންއާއި އެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 4 ޖީބީ ޑެއިލީ ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
މި އެޑް-އޮން އެންމެ 595 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112 ޖީބީ 28 ދުވަހުގެ މުއްދަތަކަށް ލިބެގެންދާނެއެވެ.
’ސަޅި 28 ޑޭސް‘ އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އެޕް ނުވަތަ 343 އަށް ”S3GB28“ (އެސް ތްރީ، ޖީބީ 28) ޖަހާފައި އެސްއެމްއެސްއެއް ފޮނުވައިގެން ވެސް ޑޭޓާ އެކްޓިވޭޓް ކުރެވޭނެ އެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.

