ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުގެ ގަވައިދުތަކާއި ހިލާފުވާނަމަ ފިޔަވަޅު އަޅަނީ

ހިޔާ ފްލެޓް އެޕާޓްމެންޓެއްގައި ވަޑާމުގެ މަސައްކަތްތައް ކުރަނީ: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް އެ ކުންފުނިން އެކުލަވާލާފައިވާ އުސޫލު އަދި ގަވައިދުތަކާއި ހިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން، ހިޔާ ފްލެޓުތަކަކީ އެއް ސަރަހައްދެއްގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސަރަހައްދެކެވެ. އެހެންކަމުން ދިރިއުޅެމުންދާ ރައްޔިތުނަށް ރައްކައުތެރިކަމާއި ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް އެ ކުންފުނިންވަނީ ގިނަ ގަވައިދާއި އުސޫލުތައްވެސް ކަނޑައަޅާފައިކަމަށް ބުނެފައިވެއެވެ.

އެގޮތުން، ފިނިޝިންގް މަސައްކަތްތައް ކުރުމަށާއި، އިމާރާތަށް ގެއްލުން ލިބޭ ފަދަ މަސައްކަތްތައް ކުރުން މަނާ ކުރުން ފަދަ އުސޫލުތައްވެސް ކަނޑައެޅިފައިވާއިރު، އިމާރާތްތައް ބޭނުންކުރުމުގައި އެހެނިހެން ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަށް އިމާރާތް ބޭނުން ކުރުމަށް އުސޫލު ހެދިފައިވާ ކަމަށާއި، ވިޔަފާރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައިވެސް އުސޫލުތަކެއް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން، އެ ކުންފުނީގެ އިންސްޕެކްޝަންތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފުވާ ކަންކަން ފާހަގަކުރެވެމުންދާކަމަށެވެ. އެގޮތުން ބައެއް އެޕާޓުމެންޓުތަކުގައި ވަޑާން މަސައްކަތްކުރާކަން ފާހަގަކުރެވޭކަމަށާއި، ވިޔަފާރި ޔުނިޓުތަކުގެ ގޮތުގައި ބޭނުން ކުރާ ކަންވެސް ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން  އެޕާޓުމެންޓު ބޭރުގައި ގިނަ އަދަދެއްގެ ކުނި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާ ގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ތަކެތި ބަހައްޓާފައިވާ މައްސަލަވެސް ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

ކުންފުނީގެ ބަޔާނުގައި ބުނެފައިވާގޮތުން، ކަންތައްތަކެއް މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ލުއި ފަސޭހަކަމާއި ރައްކައުތެރިކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ. އަދި ހިލާފަށް އަމަލު ކުރާ އެޕާޓުމެންޓުތައް ޖޫރިމަނާ ކުރެވި ފިޔަވަޅު އެޅިފައިވާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީ އިން ބުނެފައިވާގޮތުން، އެ ކުންފުނިންދަނީ މިހާރުވެސް ހިޔާގައި ހާއްސަ އިންސްޕެކްޝަނެއް ކުރަމުންނެވެ. އެހެންކަމުން ފާހަގަވާ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެކަމަށާއި، އެ ކުންފުނީގެ އަމާޒަކީ އުޅެން ފަސޭހަ ރައްކައުތެރި ވެއްޓެއް ގާއިމު ކުރުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ނޭޅޭ2021ވަނަ އަހަ އެޕްރީލްގަވެސް އަޅުގަނޑު އެދުމުން 8ހުޅުމާލެއާވީފަޅީގެ ބަހައްޓާފަހޫރި އެއްޗެހިން އުދަގޫވާ ވާހަކަ އަދިވެސް ފިޔަވަޅެއްނޭޅޭ

  2. ވަޑާންް ކުރާނެ ދޯ ފަރުނީޗަރުގެ ކަންކަން ކުރާއިރު ކަބަޑުސެޓާއި އަލަމާރި ކަހަލަ ކަންކަން ކުރާއިރު. ކުދިކުދި ތަންތަންވީމަ ފަރުނީޗަރު ފިހާރަތަކުން ވިއްކާ ރެޑީމޭޑް ފަރުނީޗަރު ގެނެސް އަތުރާލުމަށްވުރެ ވަޑާންކޮށްގެން އެތަނަކަށް ކަސްޓަމް މޭޑް ފަރުނީޗަރު ހެދީމަ ޖާގަ ސަލާމަތް ކުރެވެނީ. މިއީ ކިހިނެތް މަނާކުރާ ކަމެއްތަ؟ ސްޓަރަކްޗަރއަށް ބަދަލު ގެނައުން މަނާކުރުން ބަލައިގަނެވޭ.. އެއީ އިމާރާތުގެވެސް ރައްކާތެރިކަމަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: