ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީ ލިބޭނީ ބަލި ގަބޫލުކުރަން ދަސްވި ދުވަހަކުން: އިބްރާހިމް ޝަރީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެސީ ހާސިލު ކުރެވޭނީ ބަލިވުމުން އެކަން ގަބޫލުކުރަން ދަސްވި ދުވަހަކުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެވިފައިވާނަމަވެސް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވަނީ ޕްރައިމަރީ ބާތިލުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށައަޅުއްވާފައެވެ. އަދި އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާރ މެދުވެރިކޮށްވެސް އެމަނިކުފާނުވަނީ ރައީސް ސާލިހު އާއިއެކު މަސައްކަތް ނުކުރައްވާނެކަން ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ތެރޭގައި ޖެހިފައިވާ މައްސަލައަށް އަލިއަޅުއްވައިލައްވައި ޝަރީފް ވިދާޅުވީ، ޕާޓީގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު ބޮޑުވާނެކަމަށެވެ. އަދި އެއީ އެކަން އޮންނަންވާ ގޮތްކަމަށާއި ހަމަ އެގޮތުގެމަތިން، ޕާޓީއެއްގެ މަސްލަހަތަށްވުރެ ޕާޓީއެއްގެ ލީޑަރުގެ މަސްލަހަތު އިސް ނުވާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ވަކި ފަރާތެއް ވަށައި ޕާޓީ އެނބުރޭ އުސޫލު ނިމުމަކަށް އައިސްފައިވާކަމަށެވެ. އެހެންކަމުން އިންތިހާބެއްގައި ބަލިވުމުން، އެކަން ގަބޫލުކުރަން ދަސްވި ދުވަހަކުން ޑިމޮކްރެސީ ހާސިލު ކުރެއްވޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަންޖެހޭކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ރައީސް ސާލިހު ފައްޓަވާފައިވާ މަސައްކަތްތައް ނިންމެވުން މުހިންމު ކަމަށެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަސައްކަތްވެސް ކުރެވެމުންދާކަމަށާއި، އެފަދަ އެތައް މަޝްރޫޢުއެއް ނިންމަން އެބަ އޮތްކަމަށް އެނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، އެކަންކަން ނިމިގެންދާ ބޭނުން ނުވާކަމަށެވެ. އެހެންކަމުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، އައްޑޫގެ ބިން ހިއްކުމަކީ ރައްޔިތުންގެ އުންމީދު ތަކާއި ގުޅިފައިވާ މަޝްރޫޢުއެއްކަމަށެވެ. އަދި އެ މަޝްރޫޢު އަށް ހުރަސް އެޅުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަމަށާއި، ޝާމިލުވާ މީހުން އޭނާއަށް އެނގިވަޑައިގަންނަވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އައިސްފައިވާ ހިސާބަށް އާދެވުނީ އެތައް ދަތިތަކަކާއި ކުރިމަތިލެއްވުމަށް ފަހުކަމަށެވެ. އެހެންކަމުން މަޝްރޫޢުއަށް ގޮންޖެހުމެއް ކުރިމަތިވުމަށް ބޭނުން ނުވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: