ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަކީ ދުނިޔޭގެ އެންމެ ހަލުވިކޮށް އިގްތިސާދު ކުރިއަރަމުންދާ ގައުމު: ޝާހިދު

ދ ގެ އާންމު މަޖިލީހުގެ ރައީސް، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބާރު ދުވެއްޔެއްގައި ފުޅާވަމުންދާ އިގުތިސާދު އޮތް ގައުމުކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި އިންޑިއާއަށް ގިނަ ތައުރީފުތަކެއް ރައްދުކުރައްވާ ޝާހިދު ވިދާޅުވީ، އެ ގައުމަކީ ޖީ ޓްވެންޓީގެ ޗެއަރކަމަށެވެ. އަދި އެ ގައުމުގެ ލީޑާރޝިޕާއިމެދު ބައިނަލްއަގުވާމީ މައިދާނުތަކުގައި ވާހަކަތައް ދެކެވޭކަމަށާއި، ގާބިލު ގައުމެއްގެ ގޮތުގައި އިންޑިއާއަށް އެހެނިހެން ގައުމުތަކުގެ އިހުތިރާމް ލިބިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ނެއިބަރ ހުޑް ފަސްޓް ޕޮލިސީއެއް ގެންގުޅޭ ގައުމެއް އަވައްޓެރި ގައުމެއްގެ ގޮތުގައި އޮތުމުން ރާއްޖެއިން އުފާވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ގައުމުން އޮންނަނީ އެހީތެރިކަން ފޯރުކޮށްދޭން އަބަދުވެސް ތައްޔާރަށްކަމަށެވެ. އަދި މިހާތަނަށް ދިމާވި ކޮންމެ ކަމެއްގައިވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމަކީވެސް އިންޑިއާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިންޑިއާއިން ރާއްޖެއާއިމެދު އަމަލުކުރަނީ ދީލަތިކަމާއިއެކުކަމަށެވެ. އެގޮތުން 1988 ވަނަ އަހަރުގެ ހަމަލާގެ ތެރޭ އާއި 2004 ވަނަ އަހަރުގެ ސުނާމީގެ އިތުރުން 2015 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ފެނުގެ ދަތިކަން ލުއިކޮށްދިނުމަށާއި ކޮވިޑް 19 ގެ ދަތިކަމުގެ ތެރޭގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ ޝުކުރުވެރިވެވަޑައިގަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އަޅަމުންދާ ބުރިޖު ވެގެންދާނީ އިންޑިއާ އަދި ރާއްޖޭގެ ގާތް ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުއަކަށް ކަމަށެވެ. އަދި އިތުރު ގިނަ އަދަދެއް ދާއިރާތަކުގެ މަޝްރޫޢުތައްވެސް ކުރިއަށް ދާކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: