ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެތެރެ ކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ކަސްޓަމުން ބުނީ، އެތަކެތި އަތުލައިގަތީ މި މަހުގެ ހަތެއްގައި ޕޯސްޓު މެދުވެރިކޮށް ރާއްޖެ އައި ބައެއް ޕެކޭޖުތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްކަމަށް ކަސްޓަމުން ވަނީ ބުނެފަ އެވެ.

އެތަކެތި ޓެސްޓު ކުރުމުގެ ފުރަތަމަ މަރުހަލާގައި، މަސްތުވާތަކެތީގެ ބާވަތެއްކަމަށް ވާ މެފެޑްރީނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ބަރުދަނުގައި 520 ގުރާމު ހުރި އެ ޕެކެޓުގެ މަގުމަތީ އަގު 09 ލައްކަ ރުފިޔާއަށް އަރާކަމަށް ކަސްޓަމުން ބުންޏެވެ.

ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، އޮންނަ އުސޫލުގެ ތެރެއިން ފުލުހުންނާއި ހަވާލު ކުރަން ޖެހޭއިރު އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: