ފެން ބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިގެން މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ 3 ގެއަކުންކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެންޑީއެމްއޭ ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް، އެ އޮތޯރިޓީއިން ބުނެފައިވަނީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު އެ އޮތޯރިޓީއަށް ލިބުމާއިއެކު އެމެޖެންސީ އޮޕަރޭޝަންސް ގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމަށާއި، އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލްއަށް އެ މައުލޫމާތު ފޯރުކޮށްފައިވާކަމަށްވެސް އެންޑީއެމްއޭ ވަނީ ބުނެފައެވެ.
މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން މި އޮތޯރިޓީއިން ކުރެވުނު މަސައްކަތުގެ އަދާހަމަ pic.twitter.com/QrOsFUhqZb
— NDMA Maldives (@NDMAmv) April 1, 2023
އެންޑީއެމްއޭ އިން ވަނީ ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި އެ އޮތޯރިޓީއިން ސިޓީ ކައުންސިލަށް ފޯރުކޮށްދީފައެވެ.
އެންޑީއެމްއޭ އިތުރަށް ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވުމާއި ބައެއް ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިގެން މިހާތަނަށް 3 ގެއަކުން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާކަމާށެވެ.

