ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނާއި ސުވާލު ކުރަން ހުށަހެޅުމަށް ފަހު އަނބުރާ ގެންދާތީ ނަޝީދުގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދައުލަތުގެ ވަޒީރުންނާއި ސުވާލު ކުރުމަށް ތަޅުމަށް ހުށަހަޅުމުން އެ އިންތިޒާމުތައް ހަމަޖެހިފައިވަނިކޮށް ސުވާލު އަނބުރާ ގެންދާ މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުންފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ތާވަލުގައި ވާގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލު ކުރުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އޮތީ ހުށަހަޅުއްވާފަ އެވެ. އެއީ މިދިޔަ އަހަރު ހިނގައިދިޔަ ޔޯގާ ޑޭ ހަމަނުޖެހުމާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް ބޭނުން ވާތީ މެމްބަރު ހުށަހެޅި ހުށަހެޅުމެކެވެ. އެކަމަކު ރޭގެ ވަގުތެއްގައި މޮސްޓާ ސުވާލު އަނބުރާ ގެންދަވާފައިވާކަން ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.

އެޖެންޑާ ހިއްސާ ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ވަޒީރުންނާއި ސުވާލު ކުރުމަށް ގިނަ އަދަދެއްގެ މެމްބަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ވަޒީރުންނާއި ސުވާލު ކުރެއްވުމަށް މިހާރު ވެސް ކިއުގައި 20 ސުވާލެއް އެބައޮތް ކަމަށެވެ.

”އްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގްނަވާނެ، ވަރަށް ދިގު ލިސްޓެއް އެބައޮތް ވަޒީރުންނާއި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި.. މިވަގުތު މަޖިލީހުގެ ކިއުގައި 20 ވަޒީރު ސުވާލު ހުށަހެޅިފައި އެބައިތް.. ނޮޅިވަރަމްދާއިރާގެ މެމްބަރު ސުވާލު ހުށަހެޅުމަށްފަހުގައި ރޭގައި ވަނީ އެ ސުވާލު އަނބުރާ ގެންދަވާފައި.. މީގެ ކުރިން ވެސް އިއްޒަތްތެރި މެމްބަރު އަމަލު ކުރެއްވި  ހަމަ އެގޮތަށް.. އެހެން ހެއްދެވީމާ އެހެން މެމްބަރުން ކުރަން ހުންނަ ސުވާލުތައް ކިއުގައި އޮވެމެ އެހެންނަމަވެސް ފުރުސަތު ނުލިބި މިދަނީ.. މިސާލަކަށް މިއަދު އެ ފުރުސަތު ގެއްލޭނެ“ ރައީސް ނަޝީދު

މެމްބަރުން ވަޒީރަކާއި ސުވާލު ކުރުމަށް ބޭނުން  ވާތީ، އެ ހުށަހެޅުން ވަޒީރަށް ފޮނުވައި މުއްދަތު ދިނުމަށް ފަހު އެޖެންޑާ ކުރަން ޖެހޭ ދުވަހުގެ ކުރީ ދުވަހާއި ހިސާބުން ނުވަތަ ދުވަސް ކައިރިވުމުން ހުށަހެޅުން އަނބުރާ ގެންދިއުމަކީ މީގެ ކުރިން ވެސް މޮސްޓާ އަމަލު ކުރައްވާފައިވާ ގޮތެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެފަދައިން މެމްބަރުން ކަން ކުރުމުގެ ސަބަބުން އެހެން މެމްބަރުން ކުރަން ހުންނަ ސުވާލުތަކަށް ވެސް ހުރަސް އެޅި ފުރުސަތު ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތަކާއި މެދު ވިސްނާލުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: