ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ވެއްޓެން މެދުވެރިވި ގޯސްތައް މިސަރުކާރުން ދަނީ ހަދަމުން: ނަޝީދު

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓެން މެދުވެރިވީ އެ ސަރުކާރުގައި ބަދަލު ހިފުމުގެ ރޫހުގައި ހެދި ގޯސްތަކަކުން ކަމަށް ފާހަގަކޮށް މިސަރުކާރުންވެސް ދަނީ އެފަދަ ގޯސްތައް ހަދަމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ހަދަމުންދާ ގޯސްތަކުގެ ނަތީޖާއަކަށް ވެގެންދާނީ މިވެރިކަން ވެއްޓިގެން ދިއުން ކަމަށެވެ. ރައީސް ނަޝީދު ގެ ސަރުކާރުގައި ވެރިކަން ވެއްޓެން މެދުވެރިވީ ހިޔާލުތަފާތު ވުންތަކާއި އިދިކޮޅުގެ ޕްރެޝަރާއެކު ކުރެވުނު މުޒާހަރާތަކުގެ ސަބަބުންނެވެ.

މިއަދު އެހާލަތަށް އެމްޑީޕީ ހިނގައިދާނެ ކަން ފާހަގަކޮށް ނަޝީދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ޕާޓީ ދެބައިވެ ރައީސް ސާލިހް އާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދި ދެފެކްޝަނުން ދަނީ ބަހުގެ ހަމަލާ ބަދަލު ކުރަމުންނެވެ. އެގޮތުން މަޖިލީހުގައި ރައީސް ނަޝީދަށް އަމާޒުކޮށް ރައީސް ސާލިހަށް ތާއީދު ކުރާ ގިނަ މެމްބަރުން ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުން ބުނަމުންދަނީ ރައީސް ނަޝީދު ވަނީ ޕާޓީގެ އުސޫލުތަކާއި ހިލާފުވެފައި ކަމަށާއި އެހެންކަމުން އެމަނިކުފާނު ޕާޓީން ވަކި ކުރަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހާއެކުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ވާދަވެރި އެހެން ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާއެކު މަސައްކަތް ކުރަމުންދަނީ އެމްޑީޕީ އަށް މިއަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލުމަށް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ ދޫކޮށް އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަމަށާއި އަބަދުވެސް ހުންނާނީ އެމްޑީޕީގައި ކަމަށެވެ.

ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ބުނަމުންގެންދަނީ ރައީސް ސާލިހް ވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ކުރުމުގައި ފެއިލް ވެފައި ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި ބޭއްވުނު ރިޔާސީ ޕްރައިމަރީ އިންތިހާބުވެސް އިންސާފުވެރި ނޫން ކަމަށާއި އެއިންތިހާބު ގަޑުބަޑުކޮށްފައިވާ ކަމަށް ރައީސް ނަޝީދުގެ ސަޕޯޓަރުން ތުހުމަތުކުރެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިިމަރީން ނަޝީދު ބަލިވުމާއެކު އެމަނިކުފާނުވެސް ވިދާޅުވެފައިވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އެކުލެވޭ ކަމަށެވެ. އަދި ޕާޓީން ވަކި ކުރި 39،000 މެމްބަރުން ވަކި ކުރީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެމަނިކުފާނަށް ލިބެން ހުރި ވޯޓް މަދުކުރުމަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ އެ ވާހަކައިގެ ރައްދުގައި އެމްޑީޕީން ބުނެފައިވަނީ ޕާޓީން ވަކިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކާއި އެހެން ޕާޓީތަކުގައި ތިބި މެމްބަރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: