ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވި މީހާގެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މަނަދޫ އަށް!

ނ މަނަދޫ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ މަނަދޫގައި މަރުވި މީހާގެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޓީމްއެއް މަނަދޫގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މަނަދޫގައި ގެ އެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވާކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ އޭޕްރިލް 7 ވަނަ ދުވަހު އިރުއޮއްސުނު ވަގުތުކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެ އަންހެން މީހާގެ އާއިލާއިންނެވެ.

ރިޕޯޓު ލިބުމުން ފުލުހުން އޭނަ ދިރިއުޅޭ ގެއަށް ގޮސް އެގޭ ކޮތަރި ދޮރު ވައްޓާލައި ކޮޓަރިއަށް ވަތް އިރު ކޮޓަރި ތެރޭ ބިންމަތީގައި އެ އަންހެން މީހާ މަރުވެފައިވާ އޮއްވާ ވަނީ ފެނިފައެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށް ބުނެފައިވާއިރު، މި މައްސަލައާއި ގުޅިގެން ރަށަށް އަރާ ފައިބާ މީުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންހެން މީހާގެ ގައިގައި ވަޅީގެ ޒަހަމުތައް ހުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: