ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީ20 ގައި ބައިވެރިވުމަށް ރައީސް ނަޝީދު އެމެރިކާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަންލަނަރަބަލް ފޯރަމް ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ20) ގައި ބައިވެރިވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި މަހުގެ 12 އިން 17 އަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުގައި ބައިވެރިވުމަށް ވަލްނަރަބަލް ޓްވެންޓީ (ވީ20) ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ ކެންނަތު އޮފޮރީ އައްޓާ ރައީސް ނަޝީދަށް ވަނީ ހާއްސަ ދައުވަތެއް ފޮނުއްވާފައެވެ.

މިބައްދަލުވުމުގެ މިފަހަރުގެ ޝިޔާރަކީ ފްރޮމް އަކްޓާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް ފޯރ ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވޮލަޕްމަންޓް ފޮޒިޓިވް ކްލައިމެޓް އެކްޝަން އެވެ.

ރައީސް ނަޝީދުގެ މި ދަތުރުގައި އައިއެމްއެފް އާއި ވާލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: