ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް ހުވާކުރައްވައިފި

ގުރައިދޫ ދާއިރާއަށް އަލަށް ހޮވުނު މެމްބަރު އިބްރާހިމް ޝާޒް، މަގާމުގެ ހުވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅު މަތީގައި ކުރައްވަނީ / ފޮޓޯ: މަޖލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރައިދޫ ދާއިރާގެ އައު މަޖިލިސް މެމްބަރު އިބްރާހިމް ޝާޒް މަގާމްގެ ހުވައި ކުރައްވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ޝާޒް ވަނީ މެމްބަރު ކަމުގެ ހުވާ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅު މަތީގައި ކުރައްވާފައެވެ.

ޝާޒްއަށް ހުވާ ލައިދެއްވީ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޒާ އައިޝާ ޝުޖޫންއެވެ. އަދި ޝާޒް ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް ނަޝީދު ވަނީ ޝާޒް އަށް މަރުހަބާ ދަންނަވާފައެވެ. ޝާޒް މަޖިލީހަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝާޒްގެ އިތުރުން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ޖުމްހޫރީ ޕާޓީއިން ވަކިވެ އެމްޑީޕީ އާއި ގުޅިފައިވާ ކަމަށާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އެކަން ވަނީ ރިޔާސަތުން އިއުލާންކޮށްފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބު ކުރުމާއެކު މަޖިލީހުގައި ޕާޓީތަކުގެ ދަފްތަރުގައި މެމްބަރުން ހިމެނިފައިވާ ގޮތުގެ ތަފްސީލް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި މެމްބަރުން މިހާރު ހިމެނިވަޑައިގަންނަވަނީ، މިދަންނަވާ ގޮތަށް. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) 68 ގޮނޑި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 05 ގޮނޑި، ޖުމްހޫރީ ޕާޓީ 02 ގޮނޑި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) 03 ގޮނޑި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) 03 ގޮނޑި، މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) 02 ގޮނޑި، ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ 04 މެމްބަރުން

މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގައި މިވަގުތު 68 މެމްބަރުން ތިބިއިރު ދެން އެންމެ މެމްބަރުން ގިނައީ 05 މެމްބަރުންނާއެކު ޖުމްހޫރީ ޕާޓީއެވެ.

ޕީޕީއެމްގައި 02 މެމްބަރުން ތިބި އިރު ޕީއެންސީގައި 03 މެމްބަރުން އެބަތިއްބެވެ.

އެމްއެންޕީގައި 03 މެމްބަރުންނާއި އެމްޑީއޭގައި 02 މެމްބަރުން ހިމެނޭއިރު މިނިވަން 04 މެމްބަރުން މަޖިލީހުގައި މިވަގުތު ތިބި ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: