ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލާއިން ބަލައިނުގަތުމުގެ ސަބަބުން ރަނގަޅު ހާލުގައި ތިބި މީހުން ނަފްސާނީ ބަލި މީހުންނާއެކު ގުރައިދޫގައި އެބަތިބި: އދ

އިޖްތިމާއީ ކަންކަން ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޔޫއެންއިން ފާހަގަކުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރުވާ ނިމި ބަލިން ރަނގަޅުވެފައި ތިބި މީހުން ބަލިމީހުންނާއެކު އެއްތަނެއްގައި ގުރައިދޫ މަރުކަޒުުގައި އުޅެމުންދާކަން ފާހަގަކޮށް ޔުނައިޓެޑް ނޭޝަންސްގެ ވޯކިން ގްރޫޕް އޮފް އާބިޓްރަރީ ޑިޓެންޝަންގެ ޓީމުން ބުނެފިއެވެ.

ރާއްޖެއަށް ކުރި ދިހަ ދުވަހުގެ ޒިޔާރަތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ޔޫއެންގެ ޓީމްއިން ބުނީ ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މަރުކަޒުގައި ފަރުވާ ނިމިފައިވާ މީހުންވެސް އުޅެމުންދާ ކަމަށެވެ. މީގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންވެސް އުޅޭ ކަމަށާއި އެހެންނަމަވެސް ފަރުވާއަށްފަހުވެސް އެތަނުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއެކު އުޅެން މަޖްބޫރުވެފައިވާ މީހުން އެބަތިބިކަމަށެވެ. މިފަދަ މީހުންގެ އަދަދު ވިއްސަށްވުރެ މައްޗަށް އަރާ ކަމަށާއި އެމީހުން މަރުކަޒުގައި އުޅެންޖެހެނީ އާއިލާއިން އެމީހުން ބަލައިނުގައތުމުގެ ސަބަބުންކަމަށް ޔޫއެންގެ ޓީމްއިން ބުނެއެވެ.

ހަމައެއާއެކު އުމުރުން ދުވަސްވީ މީހުން މީހުން ބެލެހެއްޓުމަށްވެސް ވަކި ޚާއްސަ މަރުކަޒެއް ރާއްޖޭގައި ނެތްކަން ޓީމްއިން ފާހަގަކުރެއެވެ. މިފަދަ ކަންކަމަށް އެކަށީގެންވާ ވަސީލަތްތައް ދައުލަތުން ފޯރުކޮށްނުދޭ ކަމަށާއި ދައުލަތުން އެކަށީގެންވާ ހަރަދު މިފަދަ އިޖްތިމާއީ ކަންކަމަށް ނުކުރާކަން ޓީމުން ފާހަގަކުރެއެވެ.

ޓީމްއިން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ސައިކޯސޯޝަލް އެހީތެރިކަން ބޭނުންވާ މީހުންނަށް އެހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އެމަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުކުރެއެވެ. އެފަދަ މަރުކަޒަކަށް ހުރީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު އެކަނިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ފަދަ ތަންތަނުގައި އެއް ކޮޓަރި ނަފްސާނީ ބަލި ހުންނަ މީހުންނަށް ޚާއްސަކޮށްފައި ހުރިކަމުގައިވިޔަސް، މިތަންތަނުގެ ބޭނުންކުރަނީ މަދު ހާލަތެއްގައިކަން ފާހަގަކުރެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެކަށީގެންވާ ތަޖުރިބާކާރު މެޑިކަލް އޮފިސަރުން ރާއްޖޭގައި ނެތުމެވެ. ޚާއްސަގޮތެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރެވޭ ވަރުގެ ސިއްހީ ތަޖުރިބާކާރުން ރާއްޖޭގައި ވަރަށް މަދުކަން ރިޕޯޓުގައި ފާހަގަކުރެއެވެ.

ތަނުގައި މަސައްކަތްކުރާ މުވައްޒަފުންދޭ ހިދުމަތް ރަނގަޅުކަން ޓީމްއިން ފާހަގަކުރެއެވެ. އެހެންނަމަވެސް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރުން މިހާރަށްވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވޯކިން ގްރޫޕްއިން ރާއްޖެއަށް ކުރި ޒިޔާރަތުގައި ދިހަ ދުވަސް ހޭދަކުރުމަށްފަހު އާންމުކުރި ރިޕޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކުރެވެން ހުރި މައްސަލަތަކަށް ވަނީ އަލިއަޅުވާލާފައެވެ. ރާއްޖޭގެ އެދުމަކަށް ކުރި މިޒިޔާރަތުން ރަނގަޅު ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ނަމަވެސް، މިހާރުން މިހާރަށް ހައްލު ބޭނުންވާ ކަންތައްތަކެއް ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.ިހ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: