ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ނޫން މީހަކު ވެރިކަމަށް އަންނަން އޭނައެއް ނޭދޭ: ގާސިމް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ:
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަން ކަމަށާއި އެމަނިކުފާނު ނޫން އެހެން މީހެއް ރާއްޖޭގެ ވެރިކަމަށް އަންނަން ނޭދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމް ވީޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މިޒާޖާއި ތަބީއަތް ރާއްޖޭގެ ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ގިނަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ވަރަށް އެމަނިކުފާނަށް ރައީސް ނަޝީދު އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގާސިމް ވިދާޅުވީ ރައީސް ނަޝީދު އަމަލުކުރައްވާނެ ގޮތް އެމަނިކުފާނަށް އެނގިލައްވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ގާސިމް އާއި މަޖިލީހުގެ ތެރެއިން ވާހަކަ ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން މެމްބަރުން ކައިރިވެސް ވިދާޅުވި ގާސިމްއޭ މިފަހަރު ގެންނަންވީ. ޕީޕީއެމް މެމްބަރުން އަރިހުގައިވެސް ދަންނަވާ. އަދި އެމްޑީޕީގެ އެނޫން ރައީސް ނަޝީދުގެ ފެކްޝަން ނޫން އެހެންމީހުންގެ ކައިރީގައިވެސް ވިދާޅުވޭ. ގާސިމް އޭ މިފަހަރު ރައީސް ކަމަށް ގެންނަންވީ. ގެނެސްފައި ދެންމިފަހަރު ދޭންވީ. އެފުރުސަތު ދޭންވީ. އެހެންކޮންމެ ބަޔަކަށް ވެސް ތިމަންނާ މެންނަށް ތާއީދުކޮށްގެން ތިމަންނާމެން ވެރިކަން ކޮށްފީމޭ.

ރައީސް ނަޝީދު ގާސިމް ވެރިކަމަށް ގެނައުމަށް އެކި ފިކުރުގެ މަޖިލިސް މެމްބަރުން ގާތުގައި ވިދާޅުވެފައިވާ ކަމަށާއި އެމްޑީޕީ 2 ފަހަރު ވެރިކަން ކޮށް ޕީޕީއެމް 1 ފަހަރު ވެރިކަން ކޮށްފި ކަމަށްވެސް ރައިސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. އަދި ވެރިކަން ލިބުނު ކޮންމެ ފަހަރަކު އެކަން ކާމިޔާބު ވެފައިވަނީ ގާސިމްގެ ތާއީދާއި އެކުގައި ކަމަށްވެސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިފަހަރުމީ ގާސިމްގެ ފަހަރު ކަމާއި ރައީސް ނަޝީދު ގާސިމްއަށް އެހީވެދޭންޖެހޭ ފަހަރުކަމަށް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކިޔާފައި މިވާހަކަ ތައް ދައްކާއިރުވެސް އަޅުގަނޑަށް އިނގޭ. އަޅުގަނޑު އިންނަން ހީލަ ހީލާ. ދެން އަޅުގަނޑު ދަންނަވައިފިން އަޅުގަނޑު އަތަކު ނެތޭ ލާރިއެއް ތިކަން ކުރާކަށް. ހަގީގަތުގައިވެސް ވަރަށް ތާށިކޮށް މިދަނީ މި ކޮވިޑްގެ ކަންތައް ޖެހިގެން މިދިމާވި ބޮޑު ގެއްލުމުގައި އަޅުގަނޑުމެން ކުންފުންޏަށާއި އަދި މުޅި ރާއްޖެއާއި މުޅި ދުނިޔެއަށް ވެސް މިލިބުނު  ނިކަމެތި ކަމުން މިއުޅެނީ އަރައިނުގަނެވިގެން އަދިވެސް.

ތާއީދުކޮށް އަނގައިން ނުބުނެ ހުންނަވަނީ ސިޔާސީ މަސްރަހުގެ ތެރޭގައި ހުރި ހަމަނުޖެހުމާއި ސަރުކާރުގެ  ބައެއް ކަންތައްތައް ހުރިގޮތާއިމެދު ރުހިގެން ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އަކީ އެއް އިރެެއްގައިވެސް މަސްލަހަތު ނަގާލާ ބަޔަކަށް ނުވާތީ މަޑުން ތިބީ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި މެދު ބަސްނުބުނެ މަޑުން ތިބެނީ އެމްޑީޕީ އާއި ނުވަތަ ރައީސުލްޖުމްހޫރިއްޔާ އާއި ޖުމްހޫރީ ޕާޓީއާއި ދެމެދު ވެވުނު އެއްބަސްވުންތަކެއްގެ ސަބަބުން ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި އެ ޕާޓީއާއި މެދު ވެފައިހުރި ވައުދުތަކާއި އެއްގޮތަށް ކަންތައްތައް ހިނގާތީވެސް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެކަމަކު އެއިން އެއްވެސް ކަމެއް ހިނގާ މިންވަރާއި ނުހިނގާ މިންވަރުގެ ބޮޑުކުޑަމިނަށް ވާހަކަ ދައްކާކަށް ނެތިން މިވަގުތު

ޖުމްހޫރީ ޕާޓީން ސަރުކާރުގައި ތިބީ  ކޯލިޝަން އެއްބަސްވުމާއި މެދު ވީ އެއްވެސް ކަމަކާއި މެދު ހިތްހަމަ ޖެހިގެން ނޫންކަން ގާސިމް ވަނީ ތަކުރާރު ކުރައްވާފައެވެ

ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން އޭނާއަކީ މަޖިލީހުގެ ރައީސްގެ މަގާމްގައި ހުންނަވާނެ ބޭފުޅާ ކަމަށެވެ.  އެކަމުގެ ކަންބޮޑުވުން ނެތްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެމްޑީޕީ އަށް އޭނާ މަޖިލީހުގެ ކޮމިޓީއެއްގެ މުގައްރިރު ކަން ނުވަތަ ނައިބު މުގައްރިރުކަން ވެސް ހަވާލުކޮށްލަން ނޭނގުނު ކަމަށެވެ.

އަޅުގަނޑުވެސް މިއީ މަޖިލީހުގެ މެމްބަރެކޭ. އެކަމު އަޅުގަނޑު މިއީ މަޖިލީހުގެ ރައީސް ކަމުގައި އިންނަންޖެހޭ މީހާ ހަގީގަތުގައި.

ގާސިމްއަށް މަޖިލީހުގެ ރައީސްކަން ދީފައިނުވާތީ އެކަމާ ޝަކުވާ ކުރަނީ ނޫންކަމަށް ވިދާޅުވެ ގާސިމް އެމްޑީޕީ އަށް ވެރިކަން ލިބުނީ އޭނާ އާއި އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ޖޭޕީގެ ތާއީދާ އެކުގައި ކަންވެސް ފާހަގަކުރެއްވިއެވެ.

މިއަދު ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ތިއްބެވި ބޭފުޅުންނާއި ދެންހުރި ބޭފުޅުންނަށް ވީގޮތްވެސް ފެނިވަޑައިގަންނަވާނެ ދިވެހި ރައްޔިތުންނަށް.

ގާސިމް ވިދާޅުވީ މަޖިލީހުން ވަކިވި 12 މެމްބަރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ދިވެހި ރައްޔިތުންނަށް ސިޔާސީ ވެށީގައި ކަންކަން ވެގެން ދިޔަގޮތް އެނގިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު އަރިހަށް ދިއުމުން އެމްޑީޕީ ހަލާކު ކުރި މީހާގެ ލަގަބު ލިބިގެން ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ނަޝީދު މޮޅުވާނެތީ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ މެމްބަރުން ވިދާޅުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: