ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ހިފުމަށް ރަޝީއާއަށް އެންމެ ވާގިވެރިވި ޖަމާއަތުން އެ ގައުމާއި ދެކޮޅަށް މަސައްކަތްތައް ފައްޓައިފި

ވެގްނާ ގުރޫޕުގެ މަރުވެފައިވާ އިސްވެރިޔާ ޔިވްގެނީ އަދި ރަޝީއާގެ ރައީސް ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން އާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ރަޝިއާއަށް ވާގިވެރިވެފައިވާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ވެގްނާރ ގުރޫޕުން ރަޝިއާއަށް ހަމަލާދޭން ފަށައިފިއެވެ.

ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ މަސައްކަތްތަކުގައި ވާގިވެރިވެ، އެ ގައުމުގެ ޖަލުތަކުގައި ތިބި ގައިދީން ބައިވެރިކޮށްގެން ހަނގުރާމަކޮށްފައިވާ ޖަމާއަތެއްކަމަށްވާ ވެގްނާރ ގުރޫޕުގެ އިސްވެރިޔާ ޔިވްގެނީ ޕްރިގޯޒިން ވަނީ ފަހަކަށް އައިސް ރަޝިއާ އަދި ޕުޓިންއަށް އެކި ފުރުސަތުތަކުގައި ފާޑުކިޔާފައެވެ.

މައްސަލަތަކެއް އުފެދެމުންދާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުންވަނީ މީގެ ކުރިން އަންދާޒާކޮށްފައެވެ، އެ ޖަމާއަތުން ވަނީ މިއަދުގެ ވަގުތެއްގައި ޕުޓިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްތައް ފައްޓާފައެވެ. ޔިވްގެނީވަނީ ރަޝިއާގެ އަސްކަރިއްޔާގެ ބާރު ކަނޑުވާލާނެކަމަށް ވައުދުވެފައެވެ. އޭގެ ވަގުތުތަކެއް ކުރިން އޭނާވަނީ ރަޝިއާއިން އޭނާގެ ސިފައިންނަށް ނުރައްކާތެރި ހަމަލާއެއް ދީފައިވާކަމުގެ ތުހުމަތުކޮށްފައެވެ.

އުމުރުން 62 އަހަރުގެ ޔިވްގެނީ ވަނީ ރަޝީއާގެ އަސްކަރިއްޔާ ބަލިކަށި ކުރުމަށް ކުރިމަތިވާ ކޮންމެ ހުރަހެއްވެސް ނައްތާލާނެކަމުގެ އިންޒާރުތައް ދީފައެވެ. އޭނާވަނީ އެ ގައުމުގެ ރައްޔިތުންނަށްވެސް އޭނާގެ ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް އިލްތިމާޒްކޮށްފައެވެ. އަދި އޭނާ އާއި ގުޅިގެން ޕުޓިން އާއި ދެކޮޅަށް މަސައްކަތްކުރުމަށް ދައުވަތުވެސް ދީފައިވެއެވެ. އޭނާ ސިފަކޮށްފައިވާގޮތުން، ރަޝިއާ އާއި އެކު ވެފައިވާ އަސްކަރީ އެއްބަސްވުމާއި ހިލާފުވެ ކުރަމުންދާ މަސައްކަތްތަކަކީ ބަގާވާތެއް ނޫނެވެ. އަދި ކުރަމުންދާ މަސައްކަތަކީ އިންސާފާއި ހިސާބަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތެއްކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާ ފަދަ ގައުމުތަކުގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ މިފަދަ މައްސަލަތަކެއް އުފެދިދާނެ ފުރުސަތު އޮތްކަން މީގެ މަސްދުވަސް ކުރިން ފާހަގަކޮށްފައެވެ. އެގޮތަށް އަންދާޒާ ކުރެވެމުންދިޔަ ސަބަބަކީ ޕުޓިން އަދި ޔިވްގެނީ ދެމެދު އިތުރުވަމުންދިޔަ ހިޔާލުތަފާތުވުންތަކެވެ. އަދި ބެލަރުސް އާއިއެކު ދާދި ފަހުން ގާއިމު ކުރި އެއްބަސްވުމަކީވެސް މިފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައި އަޅާފައިވާ ރައްކައުތެރިކަމުގެ ފިޔަވަޅެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ވެގްނާރ ގުރޫޕުން މިހާރު މަސައްކަތްކުރަމުންދަނީ ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދިއުމަށްކަމަށްވާއިރު، ޔިވްގެނީގެ އިންޒާރުތަކާއިއެކު ރަޝިއާގެ އަސްކަރިއްޔާއިންވަނީ އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ޔޫކްރެއިން އިން ބުނެފައިވާގޮތުން، އެ ގައުމުންދަނީ މިހާރުގެ ހާލަތު ގާތުން ބަލަމުންނެވެ. އަދި ރަޝިއާގެ އަސްކަރިއްޔާ އާއި ވެގްނާރ ގުރޫޕުން އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުންތަކެއް ދޭނެކަމަށް އުންމީދުކުރާކަމަށާއި މިހާރު ދިމާވެފައިވާ މައްސަލަތަކަކީ ފައިސާ އަދި ބާރުގެ ދަހިވެތިކަމުގެ ސަބަބުން ހިނގާ ކަންކަން ކަމަށްވެސް ބުނެފައިވެއެވެ.

ރަޝިއާގެ ރައީސް ވެލްޑިމިއަރ ޕުޓިންވަނީ ޔިވްގެނީގެ މައްޗަށް ގައްްދާރުވިކަމުގެ ތުހުމަތު އަމާޒުކޮށް، އޭނާ އަދި ހަނގުރާމަވެރި ޖަމާއަތްވެސް ފުނޑުފުނޑުކޮށްލާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ރަޝިއާގެ މީޑިއާތަކުން ވަނީ ވެގްނާރގެ އޮފީހެއްގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން ފާހަގަކުރެވިފައިވާކަން ރިޕޯޓުކޮށްފައެވެ. އަދި އެގައުމަށް ހަމަލާތަކެއް ދޭން ފަށާފައިވަނީ ރިޝްވަތު ނަގައިގެންކަމަށް ސިފަވެގެންދާއިރު، ޔިވްގެނީވަނީ އޭނާގެ އަސްކަރީ ޖަމާތުގެ ދިފާއުގައި ވާހަކަދައްކާފައެވެ. އެގޮތުން އެ ޖަމާއަތް އުފެދިގެން އައި އިރުވެސް މުސާރަ އަދި މަރުވާ މީހުންގެ އާއިލާތަކަށް ދިނުމަށްވެސް ބޭނުންކުރަމުން އައި ނަގުދު ފައިސާކަމަށާއި މީގެ ކުރިން އެފްރިކާ ޔޫކްރެއިން އަދި އެމެރިކާގައިވެސް އެ ޖަމާއަތުން މަސައްކަތްތައް ކުރިއިރުވެސް މާލީ މުއާމަލާތްތައް ކުރެވިފައިވަނީ އެ އުސޫލުން ނަމަވެސް އޭރު އެއީ މައްސަލައެއްކަމަށް ވެފައިނުވާކަމަށް އޭޭނާ ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: