ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހު ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފި

ފުލުހުން ހުޅުމާލޭގައި ހަރަކާތްތެރިވަނީ: ފޮޓޯ/ ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އީދު ދުވަހު ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ 2023 ޖޫން 28 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައިކަމަށެވެ. ސައިކަލު ދުއްވި މީހާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު ފަރުވާދެމުން ދާތީކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންވަނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އަޅަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ގައުމީ ޔުނިވާސިޓީގައި ކިޔަވައިދެމުން އަންނަ އުމުރުން 50 އަހަރުގެ އަލީ ހަފީޒްގެ ގައިގައި ސައިކަލުން ޖެހުނީ އޭނާ ފަތިސް ނަމާދުން ފޭބި ވަގުުތުއެވެ. ހަފީޒްގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސަންސް ނެތްކަން ވަނީ ހާމަވެފައެވެ. ސައިކަލުން ޖެހުނީ ވަރަށް ބާރަށްކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާއިރު، ހަފީޒް ހާލު އަދިވެސް ސީރިއަސްއެވެ.

ހަފީޒް އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ މަސައްކަތް އޭނާގެ އާއިލާ އިން މިހާރު އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: