ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު ހަދަން ހުޅުމާލެއިން ދޭ 23 ބިމެއްގެ ގުރު ނަގައިފި

މާލޭގައި ހިންގޭ ގަރާޖުތައް ހުޅުމާލެ ބަދަލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު ނެގުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިންގޭ ގަރާޖުތައް ހުޅުމާލެ ބަދަލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު ނަގައިފި އެވެ.

މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖުތައް ހިންގާ ފަރާތްތަކަށް އެ މަސައްކަތަށް ބޭނުންވާނެ ބިން ކަނޑައަޅާ 23 ޕްލޮޓެއް އާބަންކޯގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އާބަންކޯ ބުނެފައިވާ ގޮތުގައި މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެގޮތުން، މިފަހަރު ހުޅުވާލެވުނު 23 ޕްލޮޓަށް 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރި އެވެ.

23 ޕްލޮޓުގެ ހައްޤުވެރިން ކަނޑައެޅުމުގައި އާބަންކޯގެ ފަރާތުން ވަނީ ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސާވޭއިން ބެލިބެލުމުގައި، ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ވަނީ ބަލާފައެވެ. އަދި މީގެތެރެއިން މިފަހަރު ހާއްސަކަމެއް ދީފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށެވެ.

މި ފުރުސަތުގައި ދިނުމަށް ހަމަޖެހިފައިވާ ޕްލޮޓްތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފަށައިގެން 1447 އަކަފޫޓު ހުންނާނެއެވެ. އަދި މިފަހަރު ލިބުނު ތަރުހީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓުތައް ވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: