ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތު ގޯސް، މައްސަލަ ހައްލު ކުރުމަށް ލިބޭ އެއްބާރުލުން ކުޑަ: އޭޑީބީ

މިނިސްޓަރު އިބްރާހިމް އަމީރު، މިނިސްޓަރު ފައްޔާޒު އިސްމާއިލް، ރައީސް ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މާލީ ހާލަތާއި ދަރަނީގެ މައްސަލަތައްވެސް 2020 ވަނަ އަހަރު ހުރިހާލަތަށްވުރެވެސް ގޯސްވެފައިވާކަމަށް އޭޝިއަން ޑިވެލޮޕްމެންޓު ބެންކުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް މާލީ އެހީ ދެމުންދާ އޭޑީބީއިން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ މާލީ ހާލަތު ދިރާސާ ކުރުމަށް ފަހު ނެރުނު ރިޕޯޓުގައި ދިވެހިރާއްޖޭގެ މާލީ ހާލަތު އަދި ދަރަނީގެ މައްސަލަތައްވެސް 2020 ވަނަ އަހަރަށް ވުރެ ގޯސްކަން ވަނީ ފާހަގަ ކޮށްފައެވެ.

އެ ބެންކުން ބުނެފައިވާގޮތުން، 2020 ވަނަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ދަރަނި ހުރީ އިންތިހާއަށް މަތީގައިކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑްގެ ދަތިތަކުގެ ތެރެއިން އަރައިގަތުމަށް ކުރި ހަރަދުތަކާއި އިގްތިސާދު ހީނަރުވުމުގެ އިތުރުން ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް އަރައިގެންދިޔަ ވަގުތު ސަބްސިޑީގެ ގޮތުގައި ކުރި ހަރަދުތަކުގެ ސަބަބުންވެސް ދަރަނީގެ މައްސަލަތައްވަނީ އޭރުވެސް އިންތިހާއަށް ގޯސްވެފައިކަން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން އޭޑީބީއިން ޝާއިއުކޮށްފައިވާ ލިއުމުން ބައެއް: ފޮޓޯ/ ފައިލްފޮޓޯ

އޭޑީބީއިން ބުނެފައިވާގޮތުން، އެ ބެންކުންދަނީ އެހީދީގެން ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށާއި ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން އެ ސިޔާސަތުތައްވެސް ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި 1.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ރާއްޖެއާއި އެހެނިހެން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ރާއްޖޭގައި އެ މަސައްކަތްތައް ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ބުނެފައިވެއެވެ. އޭޑީބީއިން ބުނެފައިވާގޮތުން ރާއްޖޭގެ މުއައްސަސާތަކުގެ ގާބިލުކަން ކުޑަވުމުންނާއި މުއައްސަސާތަކުގެ ދެމެދު މަސައްކަތްތައް ކުރެވެމުންދާ މިންވަރުތައް ދަށްވުމުގެ ސަބަބުން އެ ބެންކުން ރާއްޖޭގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަށް އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 43%ހައިރާންވެއްޖެ 29%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: