ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިސްތާނުން ރާއްޖެއާއި ދެމެދު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް ޝައުގުހުރިކަން ފާޅުކޮށްފި!

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ދެމެދު އިގްތިސާދީ ގުޅުންތައް ގާއިމުކުރުމުގެ ޝައުގުވެރިކަން ގެންގުޅޭ ކަމަށް ޕާކިސްތާނުގެ ރައީސް ޑރ އާރިފް އަލްވީ ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ފަރާތުން ޕާކިސްތާނަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ފަރްޒާނާ ޒާހިރު އާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ދިވެހިރާއްޖެއާއި އެކު ވިޔަފާރި އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމަކީ ދެ ގައުމަށްވެސް ފައިދާ ހުރިކަމެއްކަމަށް ޕާކިސްތާނުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ދެ ގައުމު ގުޅިގެން ވިޔަފާރީގެ ދާއިރާ ފުޅާކުރެވިދާނެ ފަހި ފުރުސަތުތައް އޮތްކަމަށާއި އެ ގައުމުން ރާއްޖެއަށް ބައެއް ތަކެތި އެކްސްޕޯޓުކުރުމާއިމެދުވެސް ވާހަކަތައް ދެކެވިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން، ފޮތި އަދި ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އިތުރުން ބޭހުގެ ބާވަތްތައްވެސް އެ ގައުމުން ރާއްޖެއަށް އިމްޕޯޓް ކުރެވޭނެކަން ފާހަގަ ކުރެއްވިއެވެ.

ޕާކިސްތާނުގެ ރައީސްވަނީ އެ ގައުމުން ރާއްޖެއާއިމެދު ދެކޭ ގޮތްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ދެމެދު ގާއިމު ކުރެވިފައިވާ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމާއިމެދު ވާހަކަތައް ދެކެވިފައިވެއެވެ. ރާއްޖެ އަދި ޕާކިސްތާނުންވެސް ސަރަހައްދީ މުހިންމު މައްސަލަތަކުގައި ގެންގުޅެމުންދަނީ ދާދި އެއް ވިސްނުންތަކެއްކަމަށާއި، ހާއްސަ ގޮތެއްގައި ދުނިޔެ ހޫނުވަމުންދިއުމުގެ ސަބަބުން ކުރަމުންދާ އަސަރުތަކާއި ގުޅޭގޮތުން އިއްތިފާގުވާކަމަށް އޭނާ ވިދާޅުވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އޭނާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަށް އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައިވެސް އިތުރަށް ގުޅުން ބަދަހިކުރުމާއިމެދު ވާހަކަތައް ދެކެވިފައިވެއެވެ.

ޕާކިސްތާނުގެ ރައީސް ވަނީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާކަންވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެ ގައުމުގައި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށާއި އެއީ ބައިނަލްއަގުވާމީ ދުނިޔެއިން ބަލަން ޖެހޭ މުހިންމު މައްސަލައެއްކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމް ދީނާއިމެދު ނަފްރަތު އުފެއްދުމުގެ ގޮތުން ދުނިޔެ މަތީގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އަމަލުތަކާއިމެދުވެސް އޭނާ ވާހަކަދެއްކެވިއެވެ. އޭނާ ވަނީ އިސްލާމީ ގައުމުތައް ގުޅިގެން އެ ކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: