ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ގާސިމް، ނާޒިމްގެ ބައްދަލުވުން؛ އެއްބަސްވީ ޕީޕީއެމާއި މަޝްވަރާކޮށް، އެއް ކެނޑިޑޭޓަކު ނެރެން

ބައްދަލުވުމަށް ފަހު ގާސިމް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ދައުރު - ސުނައިފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީ، ޑިމޮކްރެޓްސް އަދި ޖޭޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައިވާކަމަށް ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް އެމްއެންޕީ އަދި ޖޭޕީއިން މ. ކުނޫޒުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރައްވައި ގާސިމް ވިދާޅުވީ، މަޝްވަރާތައް ކުރެވުނީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކަމަށެވެ. ގާސިމް ވިދާޅުވީ، ވާހަކަތައް ދެކެވިގެންދިޔައީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް ނެރުމުގެ ފޯމިއުލާއެއް އޮތްކަމާއިމެދުކަމަށެވެ. ގާސިމް ވިދާޅުވީ، އެމްއާރްއެމް އަދި ޕީޕީއެމް އާއިވެސް  މަޝްވަރާކޮށްގެން އެއް ކެނޑިޑޭޓަކު ނެރެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ އެގޮތުގެ މަތިން ކަންކަން ކުރުމަށް މިއަދު ބައްދަލުކުރި ތިން ޕާޓީއަށްވެސް އެއްބަސްވެވިފައިވާކަމަށެވެ.

ގާސިމް ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އެމްއެންޕީއާއި ބައްދަލުކުރެއްވި ގޮތަށް މިއަދު ޑިމޮކްރެޓްސްއާއިވެސް ބައްދަލުކުރެއްވިފައިވާކަމަށާއި ކުރިއަަށް އޮތް ދުވަސްތަކުގައި ޕީޕީއެމްއާއިވެސް ބައްދަލުކުރެއްވުމަށްފަހު، އެއްބަސްވުމެއް ގާއިމު ކުރެއްވިއްޖެ ނަމަ އެ މަނިކުފާނު އަދި ރައީސް ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްވެސް ބޭނުންވެވަޑައިގަންނަވަނީ އެއް ކެނޑިޑޭޓާއިއެކު ރިޔާސީ އިންތިހާބާއި ކުރިމަތިލެއްވުމަށްކަމަށެވެ.

ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ރައީސް ނަޝީދުވެސް ވަނީ ނޫސްވެރިންނާއި ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ދެކެވިގެންދިޔައީ އެއް ކެނޑިޑޭޓަކު ނެރުމުގެ ވާހަކަ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުގައި އެއީ ވާހަކަތައް ކުރިއަށް ގެންދަން ރަނގަޅު ކަމެއްގެ ގޮތުގައި ޑިމޮކްރެޓްސްއަށް އެއްބަސްވެވޭކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ހުޅުވާލެވިފައިވާ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށްވެސް ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދުގެ އިތުރުން ނާޒިމްވެސް ވަނީ ދެކެވެމުންދާ ވާހަކަތަކާއިމެދު އެއްބަސްވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ބައްދަލުވުމުގައި އެއްބަސްވެވިފައިވަނީ އެންމެހާ އިދިކޮޅު ޕާޓީތަކުން އިއްތިފާގުވާ ކެނޑިޑޭޓަކު ނެރުމަށްކަމަށެވެ. އަދި މިހާރު ޑިމޮކްރެޓްސް އާއި ޖޭޕީ އަދި އެމްއެންޕީއަށްވެސް އެގޮތަށް ކަންކަން ކުރުމަށް އެއްބަސްވެވިފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިއަަށް އޮތް ދުވަސްތަކުގެ ތެރޭގައި އެހެނިހެން ޕާޓީތަކާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންގޮސްގެން ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަކު ނެރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: