ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ޕާޓީތައް އެކުލެވޭ ނިޒާމަކީ ހަތުރުވެރިކަން ނޫންކަން ދައްކަން ޖެހޭ: ރައީސް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ ހަތުރުވެރިކަމާއި އަދާވާތްތެރިކަން ނޫންކަން ދައްކަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖްލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި ތިން އަހަރު، ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ކުރަން ޖެހުނު ވަކި ހާއްސަ ކަންތަށްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެއީ ޑިމޮކްރަސީ ޢިއާދަކޮށް ހިފެހެއްޓުމުގެ މަސައްކަތްކަމަށާއި، ގިނަޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާ އަދާވާތްތެރިކަން ނޫންކަން، ދައްކަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާ އަދާވާތްތެރިކަން ނޫންކަން، ދައްކަން ޖެހޭ.. އެއީ ވަކިވެ ގަތުމާ، ބައިބައިވެ މުޖުތަމައު ރޫޅި ދިއުން ނޫންކަން، ލޯތަކަށް ފެންނަން ޖެހޭ” ރައީސް

ރައީސް ވިދާޅުވީ ޑިމޮކްރަސީއަކީ މައިނޯރިޓީއާ އެކަހެރިވެގެން ދުރުގައި އޮތް ގާމަތީރަށް ވެސް ޝާމިލުވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. މިއީ ދިވެހިންނަށް އާ ނިޒާމެއް ނަމަވެސް، ދުނިޔޭގެ ގައުމުތަކުން މި އުސޫލަށް އަމަލު ކުރާތާ އަހަރުތަކެއް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން ކަމަށެވެ. އަދި އެބަޔަކު ނުރުހޭ ނުވަތަ ގަބޫލު ނުކުރާ އެތަށް ކަމަކާއި ކުރިމަތިލާން ޖެހޭއިރު އަޑުއަހަން ބޭނުން ނުވާ ވާހަކަތައް ދައްކާ އަޑާއި ދެކެން ބޭނުން ނުވާ މަންޒަރުތައް މުޖްތަމައުގެ ތެރޭގައި ހިނގާނެ ކަމަށެވެ.

“ހިފަހައްޓާން ޖެހެނީ ހަމައެކަނި ގައުމިއްޔަތުގެ ބަހާތަށް.. އެއީ، މާތްވެގެންވާ އިސްލާމް ދީނާ، މިނިވަންކަމާ ސިޔާދަތާ، ތާރީހާ އާދަކާދައާ، ބަހާ ސަގާފަތ… އެއީ ހުރަސް ނުކުރެވޭނެ ރޮނގު… އެއީ ދޫނުދެވޭނެ ތަން…” ރައީސް”

މިރޭ ރައީސްގެ ވާހަކަފުޅުގައި ޖުމްހޫރިއްޔަތުގެ އަސާސްއަކީ އަބަދުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރުންކަމަށާއި އެގޮތުން ފާއިތުވި 3 އަހަރަކީ މިމަގުން ސަރުކާރު ހިންގުމަށް ވަރަށް ބޮޑު އިސްކަމެއް ދިން 3 އަހަރުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތައް ދޫކޮށް މުޅި ރާއްޖެ ލާމަރުކަޒުކުރުމަށް ވެސް ފާއިތުވި 3 އަހަރު ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: