ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން ބަލިވި އެއްސަބަބު ތިލަމާލެ ބުރިޖު ނުނިމުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުން ބަލިވި އެއްސަބަބަކީ ތިލަމާލެ ބުރިޖު ނުނިއްމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އިންތިހާބުން ބަލިވުމުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި، ނަމަވެސް އެކަންތައް ޖެހޭނީ ބަލާ ހޯދަން ކަމަށެވެ. ނަމަވެސް ތިލަމާލެ ބުރިޖު ނުނިމުން އެއީ އޭގެ ތެރޭގައި ހިމެނޭ އެއް ސަބަބު ކަމަށް ވެދާނެ ކަމަށާއި ބުރިޖު ކަނޑައެޅި ގޮތަށް ނިމުނުނަމަ ނަތީޖާ ވެސް ބަދަލު ވީސް ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ފައިސާގެ ބޮޑު ބައެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ބްރިޖު އަޅަން ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ އެފްކޯންސް ކުންފުންޏަށެވެ. މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެފްކޯންސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ފަހުން ދީފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: