ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ކުރިމަތި ލެއްވި އިލްޔާސް ލަބީބުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައިގެންފައިވާ ކަމަށެވެ. އަދި ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެދުނު ޤަބޫލު ކޮށްފައިވާ ކަމަށެވެ.
އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ކަނޑައަޅުއްވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލުމުން ކުރިމަތިލެއްވީ ވެސް އިލްޔާސް އެކަނި ކަމުން ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިޔައީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ. އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި ކަންޑައަޅާފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރުއެވެ.

