ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މަޑަވެލި ޖަގަހައިގައި ހުޅުޖެހުން ކުށްވެރިކުރަން: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ހަރަކާތަށް ތައްޔާރުކޮށްފައިވާ މަޑަވެލީގެ އެމްޑީޕީގެ ޖަގަހައިގައި ހުޅުޖަހާ ރޯކޮށްލި މައްސަލަ ޑިމޮކްރެޓްސްގައި ހުންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފިއެވެ.

ރައީސް ސާލިހު ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ ޓީމުންވަނީ ގދ އަތޮޅުގައި ޒިޔާރަތްކުރައްވާ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މަޑަވެލި ކަނޑައަޅާފައެވެ. މި ވަގުތު ދ އަތޮޅުގައި ހުންނެވިއިރު، އެމަނިކުފާނު ވަޑައިގަތުމުގެ ގޮތުން މަޑަވެލީގެ ކެމްޕެއިން ޓީމުންވަނީ އެ ރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހަ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އެ ޖަހަގައިގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ސޯޝަލްމީޑިއާގައި ޝާއިއުކުރެވިގެންދިޔައީ ފަތިހުގެ ވަގުތެއްގައެވެ. އެ ތަނުގައި އެވަގުތު ގިނަ އަދަދެއްގެ މުދާ ހުރިއެވެ. އެގޮތުން ގޮނޑި އަދި ބެނާރ ފަދަ ތަކެއްޗާއި ޕޯޑިއަމްއެއްވެސް ހުރި އިރު އަލިފާނުގެ ސަބަބުން އެތަކެއްޗަށްވަނީ ގެއްލުންތައް ލިބިފައެވެ.

މަޑަވެލީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު މީހުން ގަސްތުގައި ކޮށްފައިވާކަމެއްކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާއިރު، ރައީސް ނަޝީދުވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިހާބާއި ގުޅުވައި މީހުން ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ހަމަ އެގޮތުން ތަންތަން ރޯކޮށް މުދަލަށް ގެއްލުންދީ ހެދުމަކީވެސް ކޮށްގެންވާނެކަމެއް ނޫންކަމަށާއި އެހެންކަމުން މަޑަވެލީގައި ހުރި އެމްޑީޕީގެ ޖަގަހައިގައި ”ހުޅުޖެހުން“ ކުށްވެރިކުރައްވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޑަވެލި އެމްޑީޕީ ޖަގަހަށް ލިބުނު ގެއްލުންތަކާއިމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އެމްޑީޕީގައި އިސްކޮށް ހުންނަވާ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ފަދަ ބޭފުޅުންވެސް ވަނީ އެ ހާދިސާއާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އެކަމަނާ ވިދާޅުވީ، ރައީސް ސާލިހާއި ރަނިންގް މޭޓު އަސްލަމްގެ މަޑަވެލި ޖަގަހައިގައި ހުޅުޖެހުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއްކަމަށެވެ. މާރިޔާ ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މުއައްސަސާއަށް ގޮވާލާކަމަށާއި އެންމެހާ ޕާޓީތަކުންވެސް އަނިޔާވެރި އަމަލުތަކާއި ދުރުހެލިވުމަށް ގޮވާލާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ގާނޫނުއަސާސީގައި ވާގޮތުގެ މަތިން ޑިމޮކްރެޓިކް އުސޫލުގެ ދަށުން ކަންކަން ކުރިއަށް ދިއުމަށް ޖާގަ ދޭންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: