ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރު މަސް ގަންނަ ކެޕޭސިޓީ އިތުރުކޮށްދޭނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ މެދު ތެރޭގައި ގއ ގައި ކެޕޭސިޓީ އިތުރުވެ މަސް ގަނެވޭނެ ގޮތް ހެދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވައުދުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ކެމްޕެއިންގައި ގއ.ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، އިނގިރޭސިވިލާތާއި މިހާރު ކުރެވެމުންދާ މަޝްވަރާތަކުގެ އަލީގައި ދިވެހިރާއްޖެއިން އެގައުމަށް އިމްޕޯޓްކުރާ މަހުން ނަގާ 24 އިންސައްތަ ޑިއުޓީ އުނިކުރެވި މަސްވެރިން ބާނާ މަހަށް ހެޔޮ އަގެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރާއިރުގައި، މަސް އިތުރަށް ޕްރޮސެސް ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ފިޝަރީޒް މިނިސްޓްރީއިން ވޯލްޑް ބޭންކްއާއި އެކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިކަމަށްޓަކައި 54 މިލިއަން ޑޮލަރުގެ ގްރާންޓެއް އެބަހުރިކަމުގައި ވިދާޅުވިއެވެ. އެ އެހީ ދިނުމަށް ވޯލްޑް ބޭންކްއިންވެސް ނިންމާފައިވާކަމަށާއި، އެގޮތުން ގއ، ގދ، ޏ، ސ އަތޮޅުގައި މަސްވެރިކަން ކުރާ އަމިއްލަ ފަރާތްތަކުން އެހީ ހޯދުމަށް އެދުމަށް ފިޝަރީޒް މިނިސްޓްރީއިން ވަރަށް އަވަހަށް އިޢުލާންކުރާނެކަމުގައި ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން މި ސަރަހައްދުގައި މަސް ބަންދުކުރުމަށް ދެ ކޭން ފެކްޓްރީ ހެދުމަށް ޕްލޭން ކުރެވިފައިވާކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

މަސްވެރިންނަކީ ވިލިނގިލީގައި އެންމެ ގިނައިން މަސައްކަތްކުރާ މީހުންކަމަށާއި، ބޮޑު އާމްދަނީ އެއް ރަށަށް ވައްދާ ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އައިސް ރައްކާ ކުރެވޭނެ ގޮތާއި، ވަގުތުން މަސްވެރިން ބާނާ މަސް ކިރައި ވިކުރާ ދިނުންފަދަ ކަަންކަން އަދިވެސް ރަގަޅު ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މި ސަރުކާރުން އެކަންކަން ރަގަޅު ކުރަން މަސައްކަތްކޮށްފައިވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މުޅިން މިކަން ހަމައަށް އެޅެން އަދިވެސް ވަގުތުކޮޅެއް ނަގާނެކަމުގައި ވިދާޅުވިއެވެ.

ވިިނގިލީގެ ރައްޔިތުންގެ ހުވަފެނެކަމަށް ކޫއްޑޫއާއި ވިލިނގިލި ގުޅާލުމުގެ ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ކޫއްޑޫއާއި ވިލިނގިލި ގުޅާލުމަށް ބޭނުންވާ ދިރާސާތައް ކުރެވެމުންދާކަމަށާއި، ނަމަވެސް މުޅި ވިލިނގިއްޔަށް ތަރައްޤީ ގެނެވޭނެ ޕްލޭންއެއް އެބަ އޮތްކަމަށާއި، ވިލިނގިލި ތަރައްގީކުރުމަށް ބޭނުންވާ ޕްލޭންތައް މަޝްވަރާކުރުމަށް އެ ރަށުގެ ރައްޔިތުންނަށް ރައީސް ޞާލިހް ގޮވާލައްވާފައިވެއެވެ.

މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގަައި ވިލިނގިލި ތަރައްޤީ ކުރުމަށް މިހާތަނަށް 202 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އަދިވެސް ކުރަން ހުރި ގިނަ މަސައްކަތްތަކެއް އެބަ ހުރިކަން ފާހަގަކުރެއްވިއެވެ.

ގއ ވިލިނގިލީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ޞާލިހްގެ އިތުރުން އެމަނިކުފާނުގެ ރަނިންގމޭޓް އަސްލަމްވެސް ވާހަކަ ދައްކަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: