ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކުމަކީ އަދި މާ ދުރުގަ އޮތް ވާހަކައެއް: ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކުރާ އުސޫލަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތިތައް ދޫކުރުމުގެ މަސައްކަތްތައް ކުރެވިފައިވާއިރު، ބައެއް ފަރާތްތަކަށް ހުޅުމާލެއިން އަދި އަނެއްބައި ފަރާތްތަކަށް ގިރާވަރު ފަޅުންވެސް ގޯތި ދޫކޮށްފައިވެއެވެ. ބިން ހިއްކުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، ރައީސް ނަޝީދުވަނީ އެ މަސައްކަތްތައް ކުރެވެމުންދަނީ އެކަށީގެންވާ ގޮތެއްގެ މަތިން ނޫންކަމަށް ފާހަގަކުރައްވާފައެވެ.

ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ބިން ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ދީފައިވާ ފަރާތްތަކަށް ހިކި ފަސްތަނަކުން ގޯތި ދޫކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭންވީ މާލެ ސަރަހައްދުގައި އޮތް ހިކިފަސް ސަރަހައްދުތަކުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ ވާހަކައަކީ މާ ބޮޑު ޕްލޭނެ ނެތި ދައްކަމުންދާ ވާހަކަތަކެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ވާހަކައަކީ މާ ދުރު ވާހަކައެއްކަމަށެވެ.

ހިކި ފަސް ސަރަހައްދުތަކުން ގޯތި ދޫކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި އިރު، އެމަނިކުފާނު ވަނީ މި ނޫންވެސް ފުރުސަތުތަކުގައި ރައީސް ސާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ދާދި ފަހުންވެސް އެމަނިކުފާނުވަނީ ހައުސިންގް މިނިސްޓްރީއަށް ގޯތި ދޫނުކުރެވޭނެކަމަށް ވިދާޅުވެފައިވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. ރައީސް ނަޝީދުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ސިޔާސަތުގެ ދަށުން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ މީހުންގެ ލިސްޓުގައި 18،000 އަށްވުރެ ގިނަ މީހުންގެ ނަން ހިމެނޭކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: