ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުވަމުންދަނީ ތަންފީޒުކުރަން ދަތި ވައުދުތަކެއް: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވެވަޑައިގަންނަވަމުންދާ ވައުދުތަކަކީ ތަންފީޒުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރި ވައުދުތަކެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވައުދުތައް ވަމުންދާއިރު، ޝަރީފްވަނީ މައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒުގެ ވައުދުތަކަށް އަލިއަޅުއްވައި ފާޑުވިދާޅުވެފައެވެ. އެގޮތުން، މުއިއްުޒު ވެވަޑައިގަންނަވަމުންދަނީ އަމަލީ ސިފަ ޖެއްސުމަށް ދަތި އަދި ތަންފީޒު ނުކުރެވޭނެ ވައުދުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، މުއިއްޒުއާއި ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގަންނަވަމުންދަނީ ހަރަދަށްވެސް ރިއާޔަތްކުރެވި ފަރުމާކުރެވިފައިވާ ވައުދުތަކެއްކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ލިބޭނެ މަގުތައްވެސް ކަނޑައެޅި ޔަގީން ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނީ އިގްތިސާދު ފުޅާކުރެވިގެންކަމަށެވެ. ޝަރީފް ވިދާޅުވީ، އިގްތިސާދެއް ފުޅާވެގެންދާ ދުވެލި ބިނާވެފައިވަނީ އެކަމަށް ބޭނުންވާ އިސްނާނީ އަދި އެހެނިހެން ވަސީލަތްތަކުގެ މައްޗަށްކަމަޡށެވެ. އޭނާ ވިދާޅުވީ، އިގްތިސާދު އަވަށް އާރާސްތުވެގެންދިއުމަށް ރަނގަޅު ފެންވަރެއްގެ އިންފްރާސްޓްރަކްޗާ އަދި ދަތުރު ފަތުރުގެ ނިޒާމަކީ މުއާސަލާތީ ނިޒާމެއްވެސް ގާއިމުވެފައި އޮންނަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އަދި އެމަނިކުފާނުގެ ޓީމަށް އެކަން ފަހުމުވާކަމަށްވުމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިގްތިސާދު ދެގުނަށް ކުރެއްވުމުގެ ނިޔަތުގައި މިހާރު ވަސީލަތްތަކަށް އިންވެސްޓުކުރައްވަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: