ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންގެ ހައްގުތަކާއި ބެހޭ ގާނޫނުތައް އެކުލަވާލެވިފައިނުވާތީ ޝަރީފްގެ ކަންބޮޑުވުން!

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންގެ ހައްގުތަކާއި ބެހޭ މުހިންމު ގާނޫނުތަކެއް އެކުލަވާލެވިފައިނުވާތީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އޭނާ ހުށައެޅުއްވި މި ބިލަށް  ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ މި ބިލުގެ ވޯޓަށް ނުގޮސް ދިގުލައިގެންދާތީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

މަސައްކަތްތެރިންގެ ޖަމިއްޔާ އެކަށީގެންވާ ރަނގަޅު ގޮތެއްގައި ހިންގާނެ ގާނޫނެއް އެއްވެސް ސަރުކާރަކަށް އެކުލަވާލެވިފައި ނުވާކަމަށާއި، އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި، އުޖޫރަ ކަނޑައެޅުމާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ބޭނުންވާ ގާނޫނުވެސް އެކުލަވާލެވިފައިނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި އެހެންމެ ދިވެހިރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްކުރާ ފަރާތްތަކާއި، އެކިއެކި އިގްތިސާދީ ހަރަކާތް ހިންގާ ފަރާތްތަކާއި، ހައްގު ހިމާޔަތްކުރުމާއި، އެ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނާއި ދޭތެރޭ ގުޅުން އެކަށީގެންވާ ގާނޫނީ ބިންގަލެއްގެ ތެރޭގައި އޮތުމަށްޓަކައި ބޭނުންވާ ގާނޫނެއްވެސް ގާނޫނު އަސާސީއަށް 15 އަހަރު ފުރުނުއިރުގައިވެސް ނެތްކަން ހިތާމައާއިއެކު ފާހަގަކުރަން.

ޝަރީފް ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް މަސައްކަތްކުރާ ފަރާތްތަކާއި، އެކިއެކި އިގްތިސާދީ ހަރަކާތް ހިންގާ ފަރާތްތަކަށް މަސައްކަތްކުރާ މީހުންނާއި ދޭތެރޭ އެކަށީގެންވާ ގުޅުން ބޭއްވުމަށް ބޭނުންވާ ގާނޫނު ނެތްކަމަށާއި ގާނޫނު އަސާސީއަށް 15 އަހަރު ފުރިގެން ދިޔައިރު މި ގާނޫނު ނެތުމަކީ ހިތާމައެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުމުން، އޭގައި ހުރި މުހިންމު ނުކުތާތަކަށް ބަހުސްކުރެއްވުމުގެ ބަދަލުގައި ކަމާއި ނުގުޅޭ ވާހަކަދައްކަވަމުން ގެންދަވާތީވެސް ޝަރީފް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ބަހުސްގެ ފުރުސަތު ބޭނުންކޮށްގެން ބައެއް މެންބަރުން މަސައްކަތްކުރަނީ އެހެން ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: