ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒަށް ވެރިކަން ލިބިއްޖެޔާ ރާއްޖޭގައި އޮންނާނީ ނާމާންކަން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގައި ނާމާންކަން ފެތުރިގެންދާނެކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

2023ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އެއް ދުވަހަށް ވެފައިވާއިރު، ވާދަކުރާ ޕާޓީތަކުގެ އިސް މެމްބަރުންނާއި ކެންޑިޑޭޓުންވެސް ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އެގޮތުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ހަގީގަތުގައި ރައީސް ސާލިހު ނޫން ގޮތެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ އަމާން ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ މީހެއްކަމަށްވާއިރު، ޑރ މުއިއްޒުގެ ވެރިކަމެއްގައި ނާމާންކަން މުޅި ގައުމަށް ފެތުރިގެންދާނެކަމަށާއި އޭނާއަށް ވެރިކަން ދިނުމަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ޖާގަ ދިނުންކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ޑރ މުއިއްޒުއަކީ ޗޮއިސްއެއް ނޫންކަމަށެވެ.

ރައީސް ސާލިހު ނޫން މީހަކު ވެރިކަމަށް އައިސްފިނަމަ ގައުމަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއިރު، އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއްކަމަށްވާ އެމްޑީއޭވަނީ ކޯލިޝަން ރޫޅާލުމަށްފަހު ޕީއެންސީއަށް ތާއީދުކުރުމަށް ނިންމާފައެވެ. އަދާލަތު ޕާޓީގެ ބައެއް ގޮފިތަކުންވެސް މުއިއްޒުއަށް ތާއީދުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާނަމަވެސް އަދާލަތުންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: