ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ފިޔަވައްސެއް ނިންމާލައިފި!

އައްޑޫ ސިޓީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ބިން ހިއްކުމުގެ ފިޔަވައްސެއް ކާމިޔާބުކަމާއިއެކު ނިންމާލާފައިވާކަން ޕްލޭނިންގް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، އައްޑޫ މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރު އަދި ހިތަދޫގައި 80 ހެކްޓަރު ހިއްކާފައިވެއެވެ.

ޕްލޭނިނިގް މިނިސްޓްރީއިން ބުނެފައިވާގޮތުން، ރިސޯޓު އައިލެންޑުގެ ގޮތުގައި ތަރައްގީކުރާ 3 ރަށަށް ޖުމަލަ 25 ހެކްޓަރު ބިން އަދި ހަންކެޑަގައި 4.72 ހެކްޓަރުވެސް ހިއްކާ ނިމިފައިވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ހިއްކާފައިވާ ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކަމަށްވެސް ބުނެފައިވެއެވެ.

މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށް ދާކަމަށް ޕްލޭނިންގް އިން ހާމަކޮށްފައިވާއިރު، މި މަސައްކަތްތައް ކުރެވިގެންދާނީ އީއައިއޭ ހަދައި ތިމާވެއްޓަށް އެންމެ އަސަރު ކުޑަ ގޮތަކަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުއަކީ އައްޑޫގެ ކައުންސިލުން ރައީސް ސާލިހަށް އަރުވާފައިވާ ވައުދުނާމާގެ ދަށުން ކުރެވެމުންދާ މަސައްކަތެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: