ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އަދި އިންޑިއާގެ ސަރަހައްދީ އިމާއި ގުޅޭ މައްސަލައެއް ހޫނުވެއްޖެ!

ޗައިނާ އަދި އިންޑިއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ސަރަހައްދު ދައްކުވައިދޭ ކުރެހުމެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ނެރިފައިވާ މެޕެއްގައި ބޯޑަރުތައް ކުރަހާފައިވާ ގޮތުން އިންޑިއާ އަދި އެ ގައުމުގެ ދެމެދު މައްސަލަތަކެއް އުފެދިއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އިންޑިއާގެ ސަރަހައްދީ އިމުން ބައެއްގެ ގޮތުގައި ފެނިގެންދާ އަރުނާޗަލް ޕްރަދޭޝް އެ ގައުމުގެ ބައެއްގެ ގޮތުގައި ހިމަނައި ކުރަހައި ނެރިފައިވާ މެޕަކާއި ގުޅިގެން އިންޑިއާއިން ނުރުހުން ފާޅުކުރުމާއިއެކު ޗައިނާއިންވަނީ އެ ގައުމުން ހަމަޖެހިގެން ތިބުމަށް އެދިފައެވެ. ޗައިނާ އިން ނެރިފައިވާ މެޕުން ދައްކާގޮތުން، އަރުނާޗަލް ޕްރަދޭޝްއަކީ އެ ގައުމުގެ ސަރަހައްދުން ބައެކެވެ.  އިންޑިއާއިން އެކަމާއި ދެކޮޅަށް އަޑު އުފުލުމާއިއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޗައިނާއިންވަނީ އެކަން އެކި ގޮތް ގޮތަށް މާނަ ނުކުރުމަށްވެސް އިންޑިއާއަށް ގޮވާލާފައެވެ.

މި މައްސަލަ އުފެދިފައިވާއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިންގްވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ 20 ސަމިޓަށް ނުދިއުމަށް ނިންމައި ބަދަލުގައި އެހެން މީހަކު ފޮނުވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް މީގެ ކުރިން ޝީ ވަނީ އެ ޖަލްސާއަށް ވަޑައިގަންނަވާނެކަން ވިދާޅުވެފައެވެ. ބައެއް މީޑިއާތަކުން ބުނާގޮތުން، އެ ބައްދަލުވުމަށް ނުދިއުމަށް ނިންމާފައިވަނީ މެޕުގެ މައްސަލައިގައިކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެކަން ކަށަވަރު ކުރުމަށް ކުރި މަސައްކަތްތައް ކާމިޔާބުކުރެވިފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޗައިނާގެ މެޕާއި ގުޅިގެން ނުރުހުން ފާޅުކޮށްފައިވާ ހަމަ އެކަނި ގައުމަކީ އިންޑިއާއެއް ނޫނެވެ. އެގޮތުން ޗައިނާގެ ދެކުނަށް އޮންނަ ކަނޑުގެ ބޮޑު ބައެއް އެ ގައުމުގެ އިމުގެ ތެރޭގައި ހިމެނޭކަމަށް ބުނެ ޗައިނާއިން ވަކާލާތުކުރަމުންދިއުމާއި ގުޅިގެން ފިލިޕީންސް އަދި މެލޭޝިއާއިންވެސް ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައިކަމަށްވާއިރު، އެ ގައުމުން ބައެއްކަމަށް އަދި އެ ގައުމުގެ ބާރުގެ ދަށަށް އަންނާނެކަމަށް ޗައިނާއިން ބުނަމުންދާ ޓައިވާނުންވެސް ވަނީ އެ މެޕުގައި ހިމަނާފައިވުމާއިއެކު ނުރުހުން ފާޅުކޮށްފައެވެ.

ޗައިނާއިން ނެރިފައިވާ 2023 ވަނަ އަހަރުގެ މެޕަކީ ދާދި ފަހުން ބޭއްވި ބްރިކްސް ސަމިޓުގައި އެ ގައުމުގެ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ ދެމެދު މަޝްވަރާތަކެއްވެސް ކުރެވިފައިވާކަމަށް ބުނެ ރިޕޯޓުކުރެވިފައިވަނިކޮށް ނެރިފައިވާ މެޕެކެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރުވަނީ އެ މެޕަކީ ތާކުންތާކު ނުޖެހޭ އެއްޗެއްކަމަށް ބުނެފައެވެ. މި މައްސަލަ ފިނި ކުރުމުގެ ގޮތުން ދެގައުމުން މަސައްކަތްތައް ކުރަމުންދާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު، ޗައިނާއިން މެޕުގެ މައްސަލައިގައި ފަހަތަށް ޖެހެން ނެތްކަމުގެ އިޝާރާތްތަކެއްވެސް ފެނިގެންދާކަމަށް މީޑިއާތަކުން ބުނެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: