ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ މައްޗަށް މޭޔަރ މުއިއްޒު ކުރި ހޯއްދަވައިފި!

ރައީސް ސާލިހު އަދި މޭޔަރު މުއިއްޒު: ފޮޓޯ/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ މައްޗަށްް ފުރަތަމަ ބުރުގައި ކުރި ހޯއްދަވައިފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ މަރުހަލާ ނިމި ވޯޓު ގުނުމުގެ މަަސައްކަތްތައް ކުރެވެމުންދާއިރު، ސަންގު އިންވެސް ދަނީ އިންތިހާބުގެ ކަންކަން ގާތުން ބަލަމުންނެވެ. އެގޮތުން ސަންގަށް ލިބިފައިވާ ގުނާފައިވާ ވޯޓު ފޮށިތަކުގެ މައުލޫމާތާއި ވޯޓުލާފައިވާ މީހުންގެ އަދަދުތަކަށް ބެލުމުން، ރައީސް ސާލިހުގެ މައްޗަށް ޑރ މުއިއްޒު ކުރި ހޯއްދަވާފައިވާކަން ފާހަގަކުރެވެއެވެ.

މިރޭގެ 20:00ގެ ނިޔަލަށް ގުނާފައިވާ ފޮށިތަކަށް ބަލާއިރު، ޑރ މުއިއްޒު އަދި ރައީސް ސާލިހު ދެމެދު 7 އިންސައްތައާއި ގާތް ކުރާ އަދަދެއްގެ ތަފާތެއް ހުރިއެވެ.

ޑރ މުއިއްޒުު އަދި ރައީސް ސާލިހުގެ އިތުރުން 6 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ފާރިސް މައުމޫން، އުމަރު ނަސީރު އަދި ހުސައިން ޒަމީލު ވާދަކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބުވެސްވަނީ މި އިންތިހާބުގައި ވާދަކުރައްވާފައެވެ.

އެއްވެސް ކެންޑިޑޭޓަކަށް މިހާތަނަށް އެއް ބުރުން ކާމިޔާބު ކުރެވިފައިނުވުމާއިއެކު، ރިޔާސީ އިންތިހާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ކުރިއަށް ގެންދާނެއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ އެންމެ ގިނައިން ވޯޓުލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: