ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ބޭސްފަރުވާ ކުރަން ދިން މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ބޭސްފަރުވާ ކުރައްވަން ދެއްވާފައިވާ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްދީފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަދީބު ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެއްވުމުން ސިންގަޕޫރަށް ވަޑައިގަތީ ޖުލައި 11 ވަނަ ދުވަހުއެވެ. އަދީބުގެ ބޭސްފަރުވާއަށް ކަރެކްޝަންސްއިން ދީފައިވާނީ 10 ދުވަހެވެ. ނަމަވެސް އަދީބުގެ އެދުމުގެ މަތިން އެ މުއްދަތު ވަނީ 2 ފަހަރެއްގެ މަތިން ބަދަލުކޮށްދީފައެވެ.

އެންމެ ފުރަތަމަ މުއްދަތު ހަމަވުމުން އޮގަސްޓު މަހު 28 އަށް އެ މުއްދަތު އިތުރުކޮށްދީފައިވެއެވެ. އަދި އެއަށްފަހު ސެޕްޓެމްބަރު މަހުގެ 15 އަށް މުއްދަތު އިތުރު ކޮށްދީފައިވެއެވެ. ތިންވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައިވަނީ މިފެށޭ މަހުގެ އޮކްޓޯބަރު 1 ނިޔަލަށެވެ. އަދި އެމުއްދަތު އިތުރުކޮށްދީފައިވާކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

މީގެއިތުރުން އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީ 2015 އިން 2018ގައި އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށް އެމްޓީޑީން ބުނެފައި ވެއެވެ. އޭނާގެ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: