ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ފާސްކުރި ގަރާރަށް އީސީއިން ގާނޫނީ ލަފާ ހޯދަނީ!

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަން ކޮމިޝަނަށް ލިބި އެކޮމިޝަނުން އެ ގަރާރާއި މެދު އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދަމުން ދާކަމަށް އީސީ އިން ބުނެފިއެވެ.

މަޖިލީހުން ފާސްކޮށްފައިވާ ގަރާރަކީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ފާސްކުރި ގަރާރެކެވެ.

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވި މި ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހުގައި ވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓެއް ނެގުމަށް މަޖިލީހުން އީސީއަށް އެންގުމަށެވެ.

އިލްޔާސްގެ ގަރާރު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ފަހުން، ތަޅުމަށް ވަޑައިނުގަނެ އެމްޑީޕީ މެމްބަރުން ތިއްބެވުމަށް ފަހު، މިމަހު 19 ވަނަ ދުވަހުގެ ޖަލްސާގެ ފަހު ދަންފަޅިއަށް އެމްޑީޕީ މެމްބަރުން ވަޑައިގެން ގަރާރަށް ތާއީދުކުރެއްވީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން އެމްޑީޕީއަށް ހުށަހަޅަން ފާސްކޮށްފައިވާ ޝަރުތަކީ މި މަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމެވެ.އެހެން ކަމުން އެމްޑީޕީން އެކަމަށް އެއްބަސްވެފައި ނުވާތީ ޑިމޮކްރެޓްސްއިން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: