ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ޤާޟީ ފަރުހާދު ރަޝީދާއި ހަވާލު ކޮށްފި

ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު ފޮޓޯ/ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓު ހިންގުން  އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދާއި ހަވާލު ކޮށްފިއެވެ.

ސިވިލް ކޯޓުން ބުނީ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދާއި ސިވިލް ކޯޓް ހިންގުން ހަވާލު ކޮށްފައިވަނީ މިއަދުން ފެށިގެން ވަގުތީގޮތުން ކަމަށެވެ.

ފަރުހާދު ރަޝީދާއި ސިވިލް ކޯޓްގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވަނީ އެ ކޯޓްގެ އިސް ގާސީ އަހުމަދު ނިމާލް ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ނިމާލް އަވަހާރަވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވިއިރު، އުމުރުން 36 އަހަރުގައެވެ.

ސިވިލް ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް ނިމާލްއާއި، ހަވާލުކޮށްފައި ވަނީ އޮގަސްޓު 22 2022 ގަ އެވެ. ބެޗްލަރސް އޮފް ލޯ އިން ޝަރީއާ ފުރިހަމަކުރައްވާފައިވާ ނިމާލް ސިވިލްކޯޓްގެ ގާޒީގެ މަގާމަށް ޢައްޔަންކުރެއްވީ 2022 ވަނަ އަހަރުގެ މާޗްމަސް ތެރޭގައެވެ.

އިސް ފަނޑިޔާރުގެ މަގާމަށް އައްޔަންކޮށް ފަތްކޮޅު ހަވާލު އޭނާ އާއި، ހަވާލު ކުރެއްވީ މެއި 9 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: