ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމިއްޔަތު ދިރުވުމަގައި ދެމި ހުންނާނީ އަޅުގަނޑު: ޑރ. މުއިއްޒު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމިއްޔަތު ދިރުވުމުގައި ދެމިހުންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަު ކެމްޕޭނަށް ބާކީ ހަތަރު ދުވަހަށް ވެފައިވަނިކޮށް ކެމްޕެއިނަަށް ދެކުނުގެ ހަތަރު އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ލ. އަށް ވަޑައިގެން ލ. ގަމުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު އޮތީ ދެ އޮޕްޝަނެއް ކަމަށާއި އެއީ ގައުމިއްޔަތު ދިރުވުމާއި، ގައުމިއްޔަތު ފޮހެލުމުގެ އޮޕްޝަން ކަމަށެވެ.

އެގޮތުން މީގެ ތެރެއިން ގައުމު ދިރުވާ އޮޕްޝަން ނެންގެވުމަކީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދުމަށް ލިބޭ އެންމެމުހިންމު ފުރުސަތު ކަމަށެވެ.

“އިގްތިސާދަށް ދިރުންގެނެސް އިގްތިސާދަށް ގެންނާނެ ގޮތްވެސް އެނގޭ. މަސްވެރިކަމަށް ދަނޑުވެރިކަމަށް ޓުރިޒަމަށް ކޮންސްޓްރެކްޝަން ދާއިރާއާއި، އެކިއެކި ސިނާއަތްތަކުގަ ކުރިއަށްދާނެަ” މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ މިފަދަ އެތައްކަމެއް މީގެ ކުރީ ޖަލްސާތަކުގައިވެސް ހާމަ ކުރައްވާފައިވާ ކަމަށާއި، އެގޮތުން މި ޖަލްސާގައި ވަކިވަކިން ހާމަ ނުކުރި ނަމަވެސް އެކަންތައްތައް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ދެމި ހުންނާނެ ކަމަށެވެ.

“އެ މަސައްކަތް ކުރައްވާނެ ކަމުގެ އަމާނަތްތެރިކަމާއި އިތުބާރާއި ތެދުވެރިކަމާއިއެކު ދެމިހުންނާނަން” މުއިއްޒު ވިދާޅުވިއެވެ.

ހަމަ މިއާއެކުހުރިހާ ކަމެއްވެސް ކުރައްވާނީ ރައްޔިތުން އުފފާގަތި ގޮތަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ގަމުގެ އިރުއުތުރު ސަރަހައްދުގައި އިތުރު ބަނދަރެއް ހަދާނެ ކަމަށްވެސް މުއިއްޒު ވަނީ އެރަށުގެ ރައްޔިތުންނަށް ވައުދުވެ ވަޑައުގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: