ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރު ކޮށްފި

މެމްބަރު ޝަރީފް/ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ހަމަލާ ދިނުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ޥޯޓުލުން ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ މެމްބަރަކަށް ވަނީ ހަމަލާދީފައެވެ.  އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ބަޔަކު ދިން ހަމަލާގައި މޫނު މައްޗަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ތިން ފިރިހެނެއް ކަމަށެވެ.

މި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 27 އަހަރު މީހާއި 24 އަހަރުގެ ދެ މީހެއްގެ ބަންދަށް ދެ މަސް ދުވަސް ޖަހާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި 24 އަހަރުގެ އެއްކެއްގެ ބަންދުގެ މުއްދަތަށް ޖަހާފައިވަނީ އެއްމަސް ދުވަހަށް ކަމަށްވެސް ބުނެއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.

އަދި ހަމަ އެ ދުވަހު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށްވެސް ހަމާލާދީފައި ވެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް އަށް ހަމަލާދީފައިވަނީ މެންހަޓަން ހޮޓަލުގައި އިންތިހާބާ ގުޅޭގޮތުން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށް ޝަރީފުގެ ފަރާތުން ވަނީ މައުލޫމާތު ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: