ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދައްރިސުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮތުމުން ބެލެނިވެރިންގެ އިތުބާރު ބޮޑުވޭ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުދައްރިސުން ނަންގަވާ ޒިންމާއަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަކީ ތައުލީމީ ދާއިރާއާއި މެދު ބެލެނިވެރިންގެ އިތުބާރު ބޮޑުވެގެން ދާނެ ކަމެއް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ތައާރަފްކޮށް، ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މީގެ ދެއަހަރު ކުރިން ތައުލީމީ ގާނޫނަށް އަމަލު ކުރަން ފެށުމާއި ގުޅިގެން ތައުލީމި ވުޒާރާގައި ވަނީ ޓީޗަރުން ރަޖިސްޓްރީ ކުރުމަށް 5 މެންބަރުންގެ ބޯޑެއް އެކުލަވާލައިފައި ކަމަށެވެ. މިހާ ތަނަށް އައިއަރު އެ ބޯޑުން ކުރަމުން އައި ކަންކަން ނިމި، މިފެށުނު ދިރާސީ އާ އަހާރާއިއެކު މުދައްރިސުން ރަޖިސްޓްރީ ކުރުުމުގެ މަސައްކަތް ފަށާފަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓރ ވިދާޅުވީ ތައުލީމަކީ މުޖުތަމުގެ ބިންގާކަމުގައި ވާއިރު އެ ބިންގާ ފަރުމާ ކުރާ ބަޔަކީ މުދައްރިސުންކަމަށެވެ. ޅަކުދިންގެ ސިކުނޑިތަށް ހުޅުވާލައި މައުލޫމާތުން މުސަންދިކޮށް ތަފާތު ހުނަރުތަށް އަށަގަންނުވާ މުސްތަގުބަލުގެ ގޮންޖެހުންތަކަށް ކުރިމަތިލާން އެކުދިން ތައްޔާރުކުރާ ބަޔަކީ މުދައްރިސުން ކަމަށްވެސް ވިދާޅުވިއެވެ. މުދައްރިސުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އެހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށް މުދައްރިސުން ރަޖިސްޓްރީ ކޮށް ލައިސެންސް ދިނުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އައިޝަތު އަލީ ވިދާޅުވިއެވެ.

މީގެއިތުރުން މުދައްރިސުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ތައާރަފް ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަސްމިއްޔާތުގައި ޓީޗަރ ރެޖިސްޓަރ ބޯޑުގެ ރެޖިސްޓަރ އަދި ސްޓޭޓް މިނިސްޓަރ އާދިޔާ ނަޒީރް ވެސް ވަނީ ބައިވެރިވެވަޑައިގަންނަ ވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: