ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕްގެ 6 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލައިފި

މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއެކު މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރިންސިޕަލުން ތަމްރީންކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ހުޅުވާލި ސްކޮލަޝިޕްގެ 6 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވަނީ ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕްގެ 20 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. 20 ޖާގައަށް އެދި 60އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު 14 މީހަކު ސްކޮލަޝިޕަށް ހޮވިފައިވާކަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. މިވަގުތު ހުޅުވާލާފައިމިވަނީ ބާކީ އޮތް 6 ޖާގައަށެވެ.

ސްކޮލަޝިޕަށް ހޮވޭ މީހުންނަށް ކިޔެވުމުގެ ހަރަދާއި ދެކޮޅު ޓިކެޓުގެ ހަރަދުގެ އިތުރުން މުސާރައާއި އެއްވަރުގެ އެލަވަންސްއެއް ދެވޭނެއެވެ. އަދި ސްކޮލަޝިޕަށްފަހު ސަރުކާރުން ކަނޑައަޅާ ސްކޫލެއްގައި ދެ އަހަރުގެ މުއްދަތަކަށް މަސައްކަތްކުރުމަށް ބޮންޑް ކުރެވޭނެއެވެ. ސްކޮލަޝިޕްގައި މަތީ ތައުލީމް ހާސިލްކުރަން ދާނެ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މެލޭޝިޔާއެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމަށް މިނިސްޓްރީއިން ކަނޑައަޅާ ކްރައިޓީރިއާގައި ހިމެނެނީ ތައުލީމީ ދާއިރާއިން ބެޗެލާޒް ޑިގްރީ ހާސިލްކޮށްފައިވުމާއި ކިޔަވައިދިނުމުގެ ދާއިރާގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވުން ހިމެނެއެވެ. އަދި މީގެކުރިން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ އެއްވެސް ޑިފޯލްޓެއް ނެތި އެލޯނު ބަރާބަރަށް ދައްކަމުންދާ މީހަކަށް ވާންޖެހޭނެކަމަށްވެސް ޝަރުތުތަކުގައިވެއެވެ.

ސްކޮލަޝިޕަށް ކުރިމަތިލާ މީހުންގެ ތެރެއިން ސްކޮލަޝިޕަށް ހޮވޭ މީހުން ކަނޑައަޅަނީ މާކްސް ދީގެންނެވެ. އެގޮތުން މަސައްކަތުގެ ތަޖުރިބާއަށް 30 އިންސައްތަ، އިންޓަވިއުއަށް 40 އިންސައްތަ އަދި އިންޓަވިއުގައި ހުށައަޅާ ޕްރެޒެންޓޭޝަނަށް 30 އިންސައްތަ ދިނުމަށް ވަނީ ނިންމާފައެވެ.

ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ރަނގަޅު ޕްރިންސިޕަލުން ނުލިބުމަކީ ސްކޫލްތަކަށް ޚާއްސަކޮށް އަތޮޅުތެރެއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޕްރިންސިޕަލެއް ނެތި ސްކޫލްތަކުގައި ކިޔަވައިދޭންޖެހޭ ހާލަތަށް ދާއިރު އެޑިޔުކޭޝަން މިނިސްޓްރީއިންވެސް ވަނީ ޕްރިންސިޕަލުން ހޯދުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ޕްރިންސިޕަލުން ތަމްރީންކުރުމަށްފާއިތުވި އަހަރުތަކުގެ ތެރޭގައި އެދެވޭ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެހެންނަމަވެސް މިހާރު އެމަސައްކަތް ފަށައިގެން ކުރިއަށްދާކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: