ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ ސަފީރު ކަމަށް ޝިއުނީން ރަޝީދު އައްޔަންކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ޝިއުނީން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް ގެ ސަފީރު ކަމަށް ސ.ހުޅުދޫ އަސަރީގޭ ޝިއުނީން ރަޝީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޝިއުނީން މި މަގާމަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވާފައެވެ.

މި ސިޓީގައި ރައީސް ޞާލިހު ވިދާޅުވެފައިވާ ގޮތުގައި ބަންގްލަދޭޝްގެ ސަފީރުކަމުގެ މަގާމަށް ޝިއުނީން އައްޔަންކުރައްވަނީ މިހާރު އެ މަގާމުގައި ހުންނެވި މ.ޒީނާ ޝިރުޒިމަތް ސަމީރުގެ ބަދަލުގައެވެ. އެހެންކަމުން އޭނާ މި މަގާމަށް އައްޔަްކުރެއްވުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގެންފައެވެ.

ޝިއުނީން މަގާމަށް އައްޔަނުކުރުމަށް އިތުރަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: