ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ސިފައިން ބާލަންޖެހޭނެކަން ސަފީރަށް ސާފުކޮށް ދިނިން: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންޑީއާގެ ސަފީރު މުނޫ މަހާވަރު ބައްދަލުކުރުން: ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަސްގަނޑުގައި ހުރި ކޮންމެ އިންޑިއާގެ ސިފައިންގެ މީހަކު ބާލުވަންޖެހޭނެކަމަށް އިންޑިއާގެ ސަފީރަށް ސާފުކޮށް ދެންނެވިކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާއެއްކަމަށްވާ ބީބީސީއިން ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި އެ ނޫހުންވަނީ ޑރ މުއިއްޒުގެ އެކްސްކުލޫސިވް އިންޓަރވިއުއެއް ހިމަނާފައެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ރައްޔިތުން އަދި އެމަނިކުފާނުވެސް ބޭނުންނުވާކަމަށާއި އެއީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއްކަމަށްވުމުން ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަން ކުރެއްވޭނެ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓަވާނެކަމަށް އިންތިހާބީ ރައީސް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ބީބީސީއިން ބުނެފައިވާގޮތުން، އަލަށް އިންތިހާބުވެވަޑައިގެންނެވި ޑރ މުއިއްޒު ރާއްޖެއިން އިންޑިއާގެ ސިފައިން ބޭލުމަށް އަމަލީ މަސައްކަތްތައް ފެއްޓެވުމުގައި ލަސްތަކެއް ނުކުރައްވައެވެ. އެގޮތުން ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރެއްވުމަށް ކަނޑައެޅިފައިވާއިރު އިންތިގާލީ މަރުހަލާގެ ތެރެއިން އިންޑިއާގެ ސަފީރާއިއެކު ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަސްގަނޑުގައި ހުރި ކޮންމެ އިންޑިއާ ސިފައިންގެ އޮފިސަރަކު ފައިބަންޖެހޭނެކަން ސާފުކޮށް އިންޑިއާގެ ސަފީރަށް ދެންނެވި ވާހަކަ އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާގޮތުން ރާއްޖެއަކީ ޒަމާނުއްސުރެވެސް އިންޑިއާއިން ނުފޫޒު ފޯރުވަމުން އަންނަ ގައުމެކެވެ. އެހެންކަމުން އިންތިހާބީ ރައީސް މުއިއްޒު ކުރައްވާފައިވާ ޑިމާންޑުތަކުގެ ސަބަބުން ދެ ގައުމުގެ ހާރިޖީ ގުޅުމަށް އަސަރުތައް ކުރާނެކަމަށް ބެލެވެއެވެ. އަދި ހާއްސަ ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް އައުމާއިއެކު އިންޑިއާ އާއި ރާއްޖެ ގާތަށް ޖައްސާވައިފާކަމަށްވުމުން އެމަނިކުފާނަށް އިންތިހާބު ކާމިޔާބުކުރެވިގެންދިއުން އިންޑިއާއަށް ހުރި ބޮޑު ހުރަހެއްގެ ގޮތުގައި ފެނިގެންދިޔަކަމަށްވެސް ބުނެފައިވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުން އިންތިހާބީ ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ ބައިވެރިންވަނީ ރައީސް ސާލިހު އިންޑިއާ އާއިއެކު ބާއްވަމުންދިޔަ ގުޅުމަކީ ރާއްޖޭގެ މިނިވަންކަމަށާއި ރައްކައުތެރިކަމަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައިކަމަށެވެ.

އެހެންނަަމެސް ޕީޕީއެމް ޕީއެންސީއަކީ ރާއްޖެއަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އެކި ގޮތްތަކަށް އިންވެސްޓުކޮށްފައިވާ ޗައިނާ އާއި ގާތް ގުޅުމެއް އޮންނަ ބައެއްގެ ގޮތުގައި ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ. އަދި އިންޑިއާއިން ރާއްޖޭގެ ފައި ހަރުކޮށްގެން ތިބުމަށް ބޭނުންވާކަމަށާއި އެއީ އިންޑިއާގެ ކަނޑުގެ މުހިންމު ސަރަހައްދެއް މޮނީޓާރ ކުރުމުގެ ބޭނުމުގައިކަމަށް ބުނެފައިވެއެވެ. އެހެންކަމުން ރާއްޖެއިން އިންޑިއާގެ ސިފައިންނަށް ފައިބަންޖެހުމުން އެ ގައުމަށް ބޮޑު ގެއްލުމަކަށް ވެގެންދާނެކަމަށް ރިޕޯޓުގައިވެއެވެ.

ބީބީސީއިން ބުނެފައިވާގޮތުން، ހިމާލިޔާގެ ބޯޑަރު ސަރަހައްދުގައި އިންޑިއާ ޗައިނާ ދެމެދު މައްސަލަތައް ގޯސްވަމުންދާއިރު، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުން ހާއްސަ ގޮތެއްގައި ގައުމު ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދާކަމަށް އިންތިހާބީ ރައީސް މުއިއްޒުވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި ބާރުވެރިކަން ހޯދުމަށް އުފެެދިފައިވާ ކޯޅުންގަނޑުގެ ތެރެއަށް ވަންނަ ވަރަށްވުރެ ކުޑަ ގައުމެއްކަމަށާއި އެހެންކަމުން އިންޑިއާ ޗައިނާ މައްސަލަ ގަނޑުގެ ތެރެއަށް ނުވަންނާނެކަމަށް ވިދާޅުވިކަމަށްވެސް ބުނެފައިވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުން އިންތިހާބުގެ ކުރިއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ސާލިހުވަނީ އިންޑިއާ ސިފައިންނާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ބޮޑުކޮށްގެން ދައްކަމުންދާ ވާހަކަތަކެއްކަމަށާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އަސްކަރީ ހައިސިއްޔަތެއްގައި ހަރަކާތްތެރިވަމުންދާ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން ނެތްކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މަސައްކަތްކުރަމުންދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުންކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ބުނެފައިވެއެވެ.

ބީބީސީއިން ބުނެފައިވާގޮތުން ޑރ މުއިއްޒު ބޭނުންވަނީ އިންޑިއާގެ ފްލައިޓުގު ކަންކަން އެކަނި ބައްލަވާކަށް ނޫންކަމަށާއި އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެގައުމުގެ ދެމެދު ގާއިމުކުރި ހުރިހާ އެއްބަސްވުމެއް ބެއްލެވުމަށްކަމަށެވެ. އަދި ހަދާފައިވަނީ ކޮން ކޮން އެއްބަސްވުންތަކެއްކަމާއި ހާމަކޮށްފައިވާ އެއްބަސްވުންތަކުގެ ތަފްސީލުތައް މަޖިލީސް މެމްބަރުންނާއި ހިއްސާނުކުރާކަމުގެ ކަންބޮވުޑުން ޑރ މުއިއްޒު ހިއްސާކުރެއްވިކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް ވިދާޅުވިކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކާއި ގުޅޭގޮތުންވެސް ނޫހަށް މައުލޫމާތު ދެއްވިކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން އެމަނިކުފާނަކީ ޕްރޯ މޯލްޑިވްސް ނުވަތަ ރާއްޖެ އިސްކުރައްވާ މީހެއްކަމަށާއި އެމަނިކުފާނު އިސްކުރައްވާނީ ރާއްޖެ އަދި ގައުމުގެ މިންވަންކަންކަމަށް ވިދާޅުވިކަމަށާއި އެއްވެސް ވަކި ގައުމަކާއިމެދު ދެކޮޅުވެރިކަމެއް ނުގެންގުޅުއްވާކަމަށް ވިދާޅުވިކަމަށްވެސް ރިޕޯޓުގައިވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: