ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް ރާއްޖެ މުހިންމުވަނީ ގާތުގައި އޮންނަ ސީލޭން އޮފް ކޮމިއުނިކޭޝަންގެ ސަބަބުން: ރިޕޯޓު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ، އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަށް ރާއްޖެ މުހިންމުވަނީ އެ ގައުމުގެ އެކްސްޓާނަލް އިގްތިސާދުގެ 50 އިންސައްތަ އަދި ހަކަތައިގެ އެކްސްޕޯޓުގެ 80 އިންސައްތަ މަސައްކަތްތައް ދެ ގައުމުގެ ދެމެދު އޮންނަ މުހިންމު ސީލޭންސް އޮފް ކޮމިއުނިކޭޝަންގެ މައްޗަށް ބަރޯސާވާތީކަމަށް އެ ގައުމުގައި މަގުބޫލު ޔޫޓޫބް ޗެނަލްއަކުން ބުނެފިއެވެ.

އިންޑިއާގެ ސަރުކާރުގެ މަގާމުތަކަށް ވަންނަން ބޭނުންވާ މީހުން ހަދަންޖެހޭ އެންމެ މުހިންމު އެއް އިމްތިހާނުކަމަށްވާ އިންޑިއަން އެޑްމިނިސްޓްރޭޓިވް ސާވިސް އެގްޒާމްތަކުގެ މަސައްކަތްތައް ކުރާ ސްޓަޑީއައިކިއު ކިޔާ ބަޔަކުވަނީ ރާއްޖެ އަދި އިންޑިއާގެ ގުޅުމާއި ބެހޭ ގޮތުން އެ ކުންފުނީގެ ޔޫޓިއުބް ޗެނަލްގައި ރިޕޯޓެއް ޝާއިއުކޮށްފައެވެ. މި ޗެނަލްގައި 15 މިލިއަން ސަބްސްކްރައިބަރުން ތިބެއެވެ.

ސްޓަޑީ އައިކިއުއިން ބުނެފައިވާގޮތުން ރާއްޖެ އޮންނީ އިންޑިއާ ކަނޑުގެ މުހިންމު ޕޮޒިޝަންއެއްގައިކަމަށާއި އިންޑިއާ ކަނޑުން އުޅަނދުތައް ދަތުރުކުރާ މުހިންމު މަގުތަކަކާއި ގާތުގައި އޮތުމުން ރާއްޖެ އިންޑިއާއަށް މުހިންމުވެގެންދާކަމަށެވެ. އަދި ބައިނަލްއަގުވާމީ އިގްތިސާދުގެ މަސައްކަތްތަކަށާއި ހަކަތައިގެ ބާވަތްތަކުގެ އިގްތިސާދުގައިވެސް އިންޑިއާ ކަނޑަކީ ގްލޯބަލް ހައިވޭއެއްގެ ގޮތުގައި ދެކޭއިރު ރާއްޖެއަކީ އެ ސަރަހައްދުގައި ޓޯލްގޭޓެއްގެ ގޮތުގައި އޮންނަ ގައުމެއްކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން ރާއްޖޭގެ ދެކުނާއި އުތުރުގައި އިގްތިސާދީ ގޮތުން ކުރަމުންދާ ކަނޑު ދަތުރުފަތުރަށް މުހިންމު މަގުތަކެއް އޮވެއެވެ. އަދި މި ލޭނުތައް ހުޅަނގު އޭޝިއާގައި ގަލަފް އޮފް އެޑެން އަދި ހޮރްމޫޒްއާއި ސްޓްރެއިޓް އޮފް މަލަކާ ކިޔާތަނެއް ދެމެދު ކަނޑު މަތީގައި ހިނގާ އިގްތިސާދީ މަސައްކަތްތަކުގައި މުހިންމު ރޯލެއް އަދާކުރާކަމަށާއި އެ މަގުތައް ރާއްޖެއާއި ގާތުގައި އޮންނަ ކަމަށްވުމުން ރާއްޖެ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރު ކުރުމުގެ ދާއިރާގެ މުހިންމު ބައިވެރިއަކަށްވެގެންދާކަމަށް ބުނެފައިވެއެވެ.

ސްޓަޑީ އައިކިއު އިން ބުނެފައިވާގޮތުން އިންޑިއާ އަށް މި މަގުތައް މުހިންމުވަނީ އެ ގައުމުގެ އެކްސްޓާނަލް ޓްރޭޑުގެ 50 އިންސައްތައާއި ހަކަތައިގެ އެކްސްޕޯޓުގެ 80 އިންސައްތައާއި ގާތްކުރާ އަދަދެއްގެ ހިއްސާ މަސައްކަތްތައް މި މަގުތައް މެދުވެރިކޮށް ހިންގަމުންދާތީއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގައި މެރިޓައިމް މަސައްކަތްތައް ކުރެވެމުންދާ މިންގަނޑުތައް ފާހަގަކުރެވޭ ވަރަށް އިތުރުވެފައިވުމުން ސަރަހައްދީ ބާރުވެރިކަން ހޯދުމަށް ގައުމުތަކުގެ ދެމެދު އޮންނަ ވާދަވެރިކަންވެސް އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން ޗައިނާއިން ދަނީ އެ ގައުމުގެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން އިންޑިއާ ކަނޑުގައި އެ ގައުމުގެ ހަރަކާތްތައް އިތުރުކުރަމުންނެވެ. އެހެންކަމުން އިންޑިއާއަށް އެ ގައުމުގެ ސްޓްރެޓީޓިޖް ވިސްނުންތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުމަތީގައި ހަމަޖެހޭ ފަހި މާހައުލެއް ބޭނުންވާކަމަށާއި އިންޑިއާ ކަނޑުގެ ނެޓް ސެކިއުރިޓީ ޕްރޮވައިޑާރގެ ރޯލު ފުރިހަމައަށް އަދާކުރުމަށްޓަކައިވެސް ރާއްޖެ އިންޑިއާއަށް މުހިންމު ބައިވެރިއަކަށްވެގެންދާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން އިންޑިއާގެ ނަޒަރިއްޔާގައި ރާއްޖެއަކީ ޓެރަރިޒަމްއާއި މާ ކަނޑުމަތީގައި ހަރަކާތްތެރިވާ ފޭރޭ މީހުންގެ މައްސަލައާއި މަސްތުވާތަކެތީގެ ބާވަތްތައް އެއް ތަނުން އަނެއްތަނަށް ޓްރެފިކް ކުރުމުގެ މައްސަލައާއި އެހެނިހެން ކަނޑުމަތީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ފަސްޓު ލައިން އޮފް ޑިފެންސް އެއްގެ ގޮތުގައި އޮންނަ ގައުމެކެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން ރާއްޖެ މުހިންމުވާ އަނެއް ސަބަބަކީ ރާއްޖެއަކީ ސާކުގެ މެމްބަރު ގައުމެއް ކަމަށްވުމުންނެވެ. އެހެންކަމުން އިންޑިއާއަށް ދެކުނު އޭޝިއާ ސަރަހައްދުގައި ބާރުވެރިކަން ދެމެހެއްޓުމަށް ރާއްޖެ ގާތްކޮށް ގެންގުޅުމަށް ބޭނުންވާކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންފައިވުމުންނާއި ރާއްޖޭގައި އިންޑިއާ އާއި ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދިއުމުން ޗައިނާއަށް އަތްގަދަ ކުރުމަށް ފުރުސަތު ލިބިގޮސްދާނެކަމާއިމެދު އިންޑިއާގެ ކަންބޮޑުވުންތައް އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: