ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ ދެވަނަ ބުރުގެ ފޯމުުތަކާއި މެދު އަމަލު ކުރާނެ ގޮތުގެ މަޝްވަރާ ކުރަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ހުޅުވާލި ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި މެދު އަމަލު ކުރާނެ ގޮތުގެ މަޝްވަރާ ކުރިޔަށްދާކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގާތްވެފައި ވަނިކޮށް މި ސަރުކާރުން ހުޅުވާލީ ކެމްޕެއިނުގެ ތެރޭގަ އެވެ. އަދި މުއްދަތު ހަމަވީއިރު ދެ ސްކީމަށް ވެސް އެދި 40،000 އަށް ވުރެ ގިނަ ފޯމުތައް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މިއަދު އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މީޑިއާތަކުގެ ސުވާލަށް މުހައްމަރު ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު ގެންގުޅުއްވާ ސްޓޭންޑު މީގެ ކުރިން ވެސް ހާމަކުރައްވާފައިވާނެ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެއްވެސް ބިމެއް، ނުވަތަ ގޯއްޗެއް ވެސް ނުގެއްލޭނެކަމަށާއި، ބޯހިޔާވަހިކަން ކޮންމެ ރައްޔިތަކަށް ވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ފަހުން ކުރި އިއުލާނާ ގުޅޭ އެޕްލިކޭޝަންގެ މަޝްވަރާތައް ހިނގަމުން އެބަދޭ

މިހާރުގެ އެޕްލިކޭޝަންތަކާއި މެދު ނިންމާނެ ގޮތެއް މި ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ. ހަމައެކަނި ބުނެފައި ވަނީ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ފްލެޓު ދޭނެ ކަމަށެވެ.

ދެވަނ ބުރުގައި ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި މާލޭގެ ރަށްވެއްސަކަށްވުމާއި، އަދި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވުން ހިމެނެ އެވެ. އަދި ފްލެޓަށް ކަނޑައެޅި ޝަރުތަކީ މާލޭގައި އުޅޭތާ 15 އަހަރުވެފައިވުމެވެ.

ގެދޮރުވެރިކަމާއި ގުޅޭ ދުރުރާސްތާ ޕްލޭން ހިއްސާކޮށް، އެ ސިޔާސަތު ހާމަ ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި އެއީ 20 އަހަރުގެ ތެރޭގައި 65،000 ހައުސިންގެ ޔަގީންކަމެވެ. މިރޭ މުއިއްޒު ހުށަހެޅުވި “ދިވެހިންގެ ރާއްޖެ” މެނިފެސްޓޯގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޝަކުވާތަކާއި ގުޅިފައިވާ މައްސަލައަކަށްވުމާއި އެކު، މުއިއްޒުގެ މެނިފެސްޓޯގައި ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި މާލޭގެ ސަރަހައްދަށް އެކަނި 65،000 ގެދޮރު ހިމެނެ އެވެ.

ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގައި މުއިއްޒުގެ އެންމެ ހާއްސަ އިސްކަމެއް ދީފައި ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: