ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑު އުޅަނދުފަހަރުގެ ސާވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ނިންމާލައިފި

ކަނޑު އުޅަނދު ފަހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުއުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށް ގެންދިޔަ ސާވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ނިންމާލާއިފި އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ހުޅުވާލާއިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދިޔަ އެ ޕްރޮގުރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށްވަނީ ސެޓްފިކެޓް ހަވާލު ކުރައްވާފައެވެ.

އެ ޕްރޮގުރާމްގައި ބައިވެރިވެ ވަޑައިގެންނެވީ ޖުމްލަ 35 މެމްބަރެކެވެ. އޭގެ ތެރޭގައި އަންހެން ބޭފުޅުންވެސް ވަނީ ކާމިޔާބުކަމާއި އެކު ޕްރޮގުރާމް ނިންމާލާފައެވެ. އެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމެންޓުންނެވެ.

ސާވެޔަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުވިދާޅުވީ، މިފަދަ ޕޮރޮގުރާމްތަކުގެ ސަބަބުން ބޮޑެތި ކާމިޔާބީތައް ހާސިލްވެފައިވަމުންދާ ކަމަށެވެ. އެގޮތުން ކަނޑުމަތީގެ ސަލާމާތާއި ރައްކާތެރިކަން ދެނެގަނެވި އަމިއްލަ ރަށުގައި ތިއްބަވައިިގެންވެސް އަދި ތިމާ ހުރި ކޮންމެތަނަކުންވެސް އުޅަނދުގެ ޔަގީންކަން ކަށަވަރު ކުރެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ޓްރާންސްޕޯޓްން ކުރިއަށް މި ގެންދިޔަ ޕްރޮގުރާމްގެ ސަބަބުން އެމިނިސްޓްރީގެ ސާވެޔަރުން ތަމްރީން ކުރެއްވުމުގެ ކާޑް އަޅުއްވައިގެން ހިދުމަތެއް ފޯރުކޮށްދޭވޭނެ ފެންވަރަށް ބައިވެރިން ތަމްރީނު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އުޅަނދުގެ ސަލާމަތީ ކަންކަން ހަމަތޯ ބެލުމާއި، އޮޑި މިނުންފަދަ ކަންކަންމާ ހަމަޔަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ.

ސާވޭރަރުން ތަމްރީން ކުރުމުގެ ޕޮރޮގުރާމް އަކީ އަހަރަކު ދެ ފަހަރު ކުރިއަށްދާ ޕްރޮގުރާމެއްކަމަށެވެ. ވިސްނުންފުޅަކީ ކުރިއަށް އޮތްތާގައި އިތުރަށް މިފަދަ ޕްރޮގުރާމްތަކެއް ހަރުދަނާކުރެވި، ކާމިޔާބު ތަމްރީން ޕްރޮގުރާމްތަކެއް ހިންގުން ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: