ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ދޯންނަކަށް ރާއްޖެއިން ކުރި ޖޫރިމަނާ މާފުކުރުމަށް އެ ގައުމުގެ މިނިސްޓަރަކު މަސައްކަތްކުރަނީ!

ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިންޑިއާގެ މަސްދޯންނަށްކަށް ކޮށްފައިވާ ޖޫރިމަނާ މައުފުކުރުމަށް އެ ގައުމުގެ ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު(ސީއެމް) އެމްކޭ ސްޓާލިން މަސައްކަތްކުރަމުންދާކަމަށް ނޫސްތަކުން ރިޕޯޓުކޮއްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން، ސީއެމް ސްޓާލިން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ސަރަަހައްދީ އިމުގެ ތެރެއަށްވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފްއިން އަތުލައިގަތް މަސްދޯންޏެއްގެ މައްޗަށް ކުރެވިފައިވާ 4 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކުން ކޮށްފައިވާ ޖޫރިމަނާއެއް މާފުކުރުވުމަށެވެ. މީޑިއާތަކުން ބުނާގޮތުން އެމްއެންޑީއެފްއިން މަސްދޯނި އަތުލައިގަތްއިރު، އެ ދޯނީގައި 12 މަސްވެރިޔަކު ތިއްބެވެ.

އެމްއެންޑީއެފްއިން އެ މީހުން ހިފެހެއްޓީ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ހަރަކާތްތެރިވަމުންދަނިކޮށެވެ. އެ މީހުންނަށް ޖޫރިމަނާއެއް 4.20 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ.

ސީއެމް ސްޓާލިން އެ ގައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާއި ގާތް ގުޅުމެއް އޮންނަކަމަށް ފެނިގެންދާ ފަރާތެއްކަމަށްވާ ސުބްރަމާނިއަމް ޖަޔަޝަންކަރަށް ފޮނުވި ސިޓީގައި ބުނެފައިވާގޮތުން، މަސްވެރިންގެ އާއިލާތަކުގެ ދިރިއުޅުން ބިނާވަނީ އެ މީހުން ބާނައިގެން ގެންނަ މަހުގެ ވިޔަފާރީގެ މައްޗަށެވެ. އަދި އެ ފަދަ ބޮޑު ޖޫރިމާނާއެއް ދެއްކުމުގެ ގާބިލުކަން ނެތްކަމަށްވެސް ބުނެފައިވެއެވެ. ސްޓާލިން ބުނެފައިވާގޮތުން، އެ ޖޫރިމާނާގެ ސަބަބުން އެ މީހުންނާއި އާއިލާތަކަށްވެސް އުމުރު ދުވަހުގެ އަރައިނުގަނެވޭނެ ވަރުގެ މާލީ ދަތިކަމެއް ކުރިމަތިވެގެންދާނެއެވެ.

އޭނާވަނީ ޖަޔަޝަންކަރުގެ އަވަސް ފިޔަވަޅުތަކުން އެ މީހުން ދަތި ހާލަތަކުން ސަލާމަތްކުރެވިދާނެކަމަށް ފާހަގަކޮށްފައެވެ. އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ފޮނުވި ސިޓީއެއްގައި އެ މީހުން މިނިވަންކޮށް އަނބުރާ ގައުމަށް ގެނައުމާއި ބޯޓު އަނބުރާ ހޯދައިދިނުމަށްވެސް އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: