ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސް ވަކިކުރާ ގަރާރަކީ ’ޢާންމު‘ ޤަރާރުތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ހިނގާ ޤަރާރެއް ނޫން: ރިފްއަތު

ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރަކީ މަޖިލީހުގެ ގަވައިދުގެ 35 ބާބުގައި ބަޔާންކުރާ ކަންކަން މެންބަރުން ހުށަހަޅާ ’ޢާންމު‘ ޤަރާރުތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ހިނގާ ޤަރާރެއް ނޫން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ޖަލްސާގައި ރައީސް ނަޝީދު މަގާމުން ވަކިކުރާ މައްސަލަ އެޖެންޑާ ކުރިނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަރުދާހުގައި ގާރާރެއްގެ ސިފަ ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ މައިނޯރޮޓީ ލީޑަރ އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަަންގަވާފައެވެ. އަދި މަޖިލީހުގެ ގަވަދުގެ 35 ވަނަ ބާބުގެ 169 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާފަދަ ކަންކަން އެމްޑިޕީން ހުށައަޅާފައިވާ ގަރާރުގައި ނުހިމެނޭ ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ކަމުން އެމައްސަލަ އަށް ހައްލުހޯއްދަވާ އެއީ ރަނގަޅު މައްސަލައެއް ކަމަށް ކަނޑައަޅައި މަޖިލީުހެ ރިޔާސަތުގައި އިންނެވި ހުސެން އަފީފް ވަނީ މަޖިލިސް ނިންމާލައިފައެވެ.

މިކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން އެގަރާރާއި މެދު ގޮތެއް ނިންމޭނެ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ ބޭރުކޮށްލާފައި ވާތީ އާންމު ކޮމިޓީއަށް މައްސަލަ ހުށަހަޅައި ބަންޑާރަނައިބުގެ ގާނޫނީ ލަފަޔަށް އެދުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގައި ފުރިހަމަވާންޖެހޭ ހަމައެކަނި ޝަރުޠުތަކަކީ، ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޤަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން ކަމަށެވެ. އަދި މީގެއިތުރުން މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ އިދިކޮޅު މާނަކުރުމެއް ކަމަށެވެ.

މީގެއިތުރުން ބަންޑާރަނައިބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިންމުކަމަށް އިސްކަން ދޭންޖެހޭ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަސައްވުރުކުރާ ހަމައެކަނި ގޮތް ކަމުގައިވެސް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: